އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބި ދަރިންނަށް ކިތަންމެ ގިނަ ފައިސާ ޚަރަދުކުރި ނަމަވެސް އެމީހުން ނަރަކައިން ސަލާމަތް ނުކުރެވުނު ބައްޕަ ޒިންމާ އުފުލަންޖެހޭނެ- ދަރުސް

އަނބި ދަރިންނަށް ކިތަންމެ ގިނަ ފައިސާ ޚަރަދުކުރި ނަމަވެސް އެމީހުން ނަރަކައިން ސަލާމަތް ނުކުރެވުނު ބައްޕަ ޒިންމާ އުފުލަންޖެހޭނެ- ދަރުސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

އަނބި ދަރިންނަށް ކިތަންމެ ގިނަ ފައިސާ ޚަރަދުކުރި ނަމަވެސް ކިތަންމެ އުފަލުގައި ގެންގުޅުނު ނަމަވެސް އެމީހުން ނަރަކައިން ސަލާމަތް ނުކުރެވުނު ބައްޕައަށް ޤިޔާމަތް ދުވަހުން ޖެހޭނީ އެކަމުގެ ޒިންމާ އުފުލާށެވެ.

މިކަމަށް އިޝާރާތްކުރައްވަވައި މާތް ﷲ ވަނީ ތިއަބައިމީހުންގެ އަނބިންނާއި ދަރިން ނަރަކައިގެ އަލިފާނުން ސަލާމަތް ކުރުމަށް އަމުރުފުޅު ކުރައްވަވައިފައެވެ.

އަނބިމީހާ އައުރަ ނިވާނުކޮށް ގެއިން ނުކުމެގެން އެދަނީއެވެ. ކަންބަޅިތަކެއް ކޮށިން ނުކުމެގެންދާ ފަދައިންނެވެ. ދަރިންނަށް 10 އަހަރު ފުރިއްޖެއެވެ. ނަމާދެއް ނުކުރުވަމުއެވެ. ގޭތެރެ ގުގުމާފައި ހުންނަނީ މިޔުޒިކާއި ޝައިޠާނީ ޢަމަލުތަކުންނެވެ.

ތިބާއަށް ސަލާމަތްކަމެއް ލިބިދާނެ ކަމަށް ހީކުރަނީހެއްޔެވެ؟ އެއްވެސް ސަލާމަތްކަމެއް ނެތެވެ. ތިބާއަކީ ޢާއިލާގެ އެންމެ އިސްވެރިޔާއެވެ. އެކަންކަމުގެ ޒިންމާ އުފުލަން ތިބާއަށްޖެހޭނެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ އަންގަވައިފައެވެ.

އަންހެނުންގެ ޤަދަރު އިސްލާމް ދީނުގައި ވަރަށް މަތިވެރިއެވެ. ނަމަވެސް އިސްލާމް ދީނުގައި އެއީ ވެރިންނެއް ނޫނެވެ. ވެރިންނަކީ ފިރިހެނުންނެވެ.

ކަންކަން މިހެން ހުރި ނަމަވެސް މިކަމަށް ބިރު ގަންނަނީ މަދު މީހެކެވެ. ގިނަ ބައަކަށް ހީވެފައި އޮންނަނީ ޢާއިލާ އާއިއެކު އަގު ބޮޑު އަރާމު ދިރިއުޅުމެއް އުޅެވުނީމާ ފުދުނީ ކަމަށެވެ. އަހަރަކު 4 ފަހަރު އަގު ބޮޑު ޗުއްޓީ ހޭދަކުރެވުނީމާ އާއިލާއަށް ހުރިހާ ކަމެއް ކޮށްދެވުނީ ކަމަށެވެ.

އެހެން ނަމަވެސް އެއީ އެއްވެސް ބޭނުމެއް ނެތް ކަންކަމެވެ. ފައިދާހުރި ކަންކަމެއް ނޫނެވެ. ފައިދާހުރި ކަމެއް ޢާއިލާއަށް ކޮށްދެވުނުކަމަށްވާނީ ޢާއިލާ ނަރަކައިން ސަލާމަތްކޮށްދެވިއްޖެ ނަމައެވެ.

ތިބާގެ ޢާއިލާ ނުވަތަ ޢާއިލާގެ ބައަކު، އަނބިދަރިން ނަރަކައިގައި އަނދަމުން ދާނަމަ ހޯދުނު އުފަލަކީ ކޮބައިހެއްޔެވެ؟

ޝައިޚް ވަސީމްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް