އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިގެ ބިޔަ ސައިޒަށް ވިސްނައިލާ- އިރާއި ހަނދު ގުޅަކޮށްލެވި ރަބަރު ބޯޅައެއްހެން އެއްލޭނެ

ނަރަކައިގެ ބިޔަ ސައިޒަށް ވިސްނައިލާ- އިރާއި ހަނދު ގުޅަކޮށްލެވި ރަބަރު ބޯޅައެއްހެން އެއްލޭނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ނަރަކައިގެ ބޮޑުމިނާއިމެދު ގިނަ ބައަކު ދަނީ ސުވާލުތައް އުފައްދަމުންނެވެ. އެއީ އެތައް ހާސް ބިލިއަން ބައަކަށް ނަރަކައަށް ވަންނަން ޖެހޭނެކަން ޤަބޫލު ކުރެވޭތީއެވެ. އެހައި ގިނަ ބައަކަށް ވަދެވޭނެ ޖާގަ ހުންނާނެ ތަނެއްގެ ބޮޑުމިން ހާދަ ބޮޑުވާނެއެވެ ހިތަށް އަރާތީއެވެ.

ބުނަން ހެއްޔެވެ؟ ދުނިޔެމަތީގައި މިފެންނަ ފަދަ އަލިފާން ގަނޑަކަށް ކުޑަކުޑަ ރަބަރު ބޯޅައެއް އެއްލައިލެވޭ ފަދައިން އިރާއި ހަނދު ގުޅަކޮށްލެވި ކުޑަކުޑަ ބޯޅައެއް ފަދައިން ނަރަކައަށް އެއްލައިލެވޭތަން ފެނިގެންދާނެއެވެ.

މި ބޮޑު ބިޔަތަނުގައި އަލިފާން ހިފައި އަނދަމުންދާއިރު އެ ބޮޑު ބިޔަ އަލިފާންގަނޑު ރޯވެފައި ހުރުމަށް ބޭނުންކުރެވޭ ތެލަކީ އިންސާނުންނެވެ. ނަރަކައިގެ އަހުލުވެރިންނެވެ.

ދުނިޔޭގައި އަލިފާންގަނޑުތައް ރޯކުރުމަށް ބޭނުންކުރުމަށް ބޭނުންކުރެވެނީ ތެލެވެ. ފަސޭހައިން އަލިފާން ހިފާޒާތުގެ ކުނި ބުނިތަކެވެ.

އަލިފާންގަނޑު އަނދަމުންދާއިރު ނިވެން އުޅޭކަމަށް ފެނިއްޖެ ނަމަ އެ އަލިފާންގަނޑު އިތުރަށް އަންދަން ބޭނުންވާނަމަ އިތުރަށް ތެޔޮ ޖަހަމުއެވެ.

ކުނި ބުނި އަޅަމުއެވެ. މިއުޞޫލުން ނަރަކައިގައި ބޭނުންކުރެވެނީ އިންސާނުންނެވެ. އިންސާނުންގެ ހަށިތައް އަނދަމުންދާއިރު ނުކުންނަ ދިޔައަކީ ތެޔޮ ކަމަށްވެދާނެއެވެ. ނަރަކައަށް މީހުން އުކައިލެވޭ ވަރަށް ނަރަކައިގެ ހޫނުމިންދާނީ ގަދަވަމުންނެވެ.

ނަރަކައިގައި ވެސް ދަރަޖަތަކެއް ހުރެއެވެ އެގޮތުން އެންމެ ތިރީބައަކީ އެންމެ އަޒާބު ގަދަ ބައެވެ. އެންމެ ގަދަ ހޫނެއް ހުންނާނީ އެބައިގައެވެ. އެބައި ޚާއްޞަ ކުރެވިފައި ވަނީ މުނާފިޤުންނަށެވެ.

މުނާފިޤުންނަކީ ކޮބައިހެއްޔެވެ؟ އެމީހުންނަކީ މާތް ﷲ ގެ ޙުކުމްފުޅުތަކާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތް ހަމަ ރަނގަޅަށް އެނގިތިބެމެ އަމަލުނުކުރި މީހުންނެވެ. އެމީހުން ތިމަންމެންނަކީ މުސްލިމުން ކަމަށް ބުނެ މަގުތަކުގައި ހިނގާނެއެވެ. ނަމަވެސް ނަމާދުކުރާ ވާހަކަ ދެއްކީމާ ބުނާނީ ފަހުން ކަމަށެވެ.

މާތްﷲ ގެ ރަސޫލާ މުޙައްމަދު (ޞޢވ) ދެކެ ވަރަށް ލޯބިވާ ކަމަށް ބުނާނެއެވެ. ނަމަވެސް ސުންނަތަށް އަމަލެއް ނުކުރާނެއެވެ. ތަފާތު ސަބަބުތައް ބުނެ ބަހަނާތައް ދައްކާނެއެވެ.

މިއީ މުނާފިޤް ކަމެވެ. އީމާންވަމެވެ ބުނުމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. ދުލުން އެގޮތަށް ބުނި ނަމަވެސް އީމާންކަން ފުރިހަމަވާނީ އީމާންވުމަށްފަހު ފުރިހަމައަށް އަމަލުކުރުމުންނެވެ.

ނަރަކައިގައި ބިޔަ 7 ދޮރާށި ހުންނާނެއެވެ. އެ ދޮރާށިތައް ހުންނާނީ ތަޅުލެވިފައެވެ. އެކަމުގެ ސަބަބުން ނަރަކައިގެ ހޫނުމިން އިތުރަށް ގަދަވެގެންދާނެއެވެ.

އަދި ނުނިމޭ

ޝައިޚް ވަސީމްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް