އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ތިބާއަކީ ނަރަކައަށް ދާންޖެހޭ މީހެއް" ކަމުގެ އަޑު މާތް ﷲ ގެ ޙަޟްރަތުން އިވޭ މީހަކަށް ވެދާނެކަމަށް ބިރުވެތި ނުވަނީ ކީއްވެ؟

"ތިބާއަކީ ނަރަކައަށް ދާންޖެހޭ މީހެއް" ކަމުގެ އަޑު މާތް ﷲ ގެ ޙަޟްރަތުން އިވޭ މީހަކަށް ވެދާނެކަމަށް ބިރުވެތި ނުވަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ޤިޔާމަތް ދުވަހު މާތް ﷲ އެންމެންނަށް ވެސް ބަސް ވަޙީކުރައްވަވާނެއެވެ. މުއުމިނުންގެ ތެރެއިން މީހުންގެ އައިބުތައް ފޮރުވި މީހުންގެ އައިބުތައް މާތް ﷲ އެމީހަކަށް ފޮރުއްވަވައި ދެއްވަވާނެތެވެ.

އެފަދަ މީހުން މާތް ﷲ އާއި ވަރަށް ގާތަށް ގެންނަވާނެތެވެ. އެމީހާގެ ފަތް އެމީހަކަށް ދައްކަވާނެތެވެ. އެފަތުގައި އެމީހާ ކުރި ހުރިހާ އަމަލުތަކެއް ލިޔެވިފައިވަނިކޮށް އެމީހަކަށް ދައްކަވާނެތެވެ. ތިމާއަށް ކުރެވުނު ކުށްތައް ގިނަ ކަމުން މީހާ ހުންނާނީ ބިރުން ތުރުތުރުއަޅައެވެ. ނަރަކައަށް ދާންޖެހިދާނެތީ ގޮތް ހުސްވެފައެވެ.

އެހާލުގައި ހުއްޓާ އެމީހާގެ ކުށްތައް ފަތުން ފޮހެލައްވަވާނެތެވެ. އަދި ފަތުގައި ލިޔެވިފައި ހުރި އެއްޗެއް މަލާއިކަތް ބޭކަލުންނަށްވެސް ސިއްރު ކުރައްވަވާނެތެވެ. މަލާއިކަތް ބޭކަލުންނަށް އެންގެވުމަކާއި ނުލައި ފަތް ބަދަލުވެގެން ދިއުމުން މަލާއިކަތް ބޭކަލުންނަށް ހައިރާންކަންވެސް ލިބިވަޑައިގަންނަވާނެތެވެ.

މީސްތަކުންގެ ތެރެއިން ކުށްކުރެވުނު މީހުންގެ ތެރެއިން އެމީހެއްގެ ކުށްތަކަށް މާތް ﷲ ޢަފޫކުރައްވަވާފައިވާ މީހުންނާއިމެދުވެސް އެފަދަ ގޮތަކަށް އަމަލުފުޅުކުރައްވަވާނެތެވެ.

އެމީހާ ކުރި ކުށްތައް އެމީހަކަށް ދައްކަވާނެތެވެ. އެއަށްފަހު އެމިހާ ކުރި ކުށްތައް ފަތުން ފޮހެލައްވަވާނެތެވެ. އެއަށްފަހު މާތް ﷲ ވަޙީ ކުރައްވަވާނެތެވެ. "ތިބާގެ މިވެނި އެވެނި ކުށްތަކަށް ތިމަން ﷲ ޢަފޫކުރައްވަވައިފީމެވެ."

އީމާން ނުވި މީހުންނަށް އިއްވަވާނީ ޙުކުމް އެކަންޏެވެ. "ތިބާއަށް ޙައްޤު ޖަޒާ، އަދަބު މިއަދު ލިބޭނެއެވެ" ވަޙީކުރެއްވެވުމަށްފަހު އިތުރު އެއްވެސް ބަސްފުޅެއް ވަޙީއެއް ނުކުރައްވަވާނެތެވެ.

މި މަރުހަލާއަކީ ތިބާގެ ރެކޯޑްތައް ޗެކުކުރެވޭ މަރުހަލާއެވެ. މި މަރުހަލާ ކުރިއަށް ދާނީ މީޒާނުގައި ތިބާގެ އަމަލުތައް ކުރުމުގެ ކުރުމުގެ ކުރިންނެވެ.
ނިކަން ވިސްނައިބަލާށެވެ. އެހިސާބުން ތިބާގެ ހުރިހާ ކަންކަމުގައި ސިލްޖެހި ނިމުނީއެވެ. ހިސާބު ބެއްލެވުމުގެ މަރުހަލާތައް އެހިސާބުން ވެސް ދާނީ ކުރިއަށެވެ. ނަމަވެސް ތިބާއަށް ނަރަކަ ނޫން ތަނެއް ނެތެވެ.

މިކަންކަމަށް ނިކަން ވިސްނައިލަބަލާށެވެ. އަމިއްލަ ސިކުނޑިއަށް ނިކަން ގެނެސް ބަލާށެވެ. ތިބާއަށް މިހުރެވެނީ މަޙްޝަރު މައިދާނުގައި ކަމަށް ހީކޮށްބަލާށެވެ. ތިބާއަށް އިއްވުނު ޙުކުމަކީ ނަރަކައަށް ދާންޖެހޭ މީހެއް ކަމުގެ ޙުކުމް ކަމަށް ޤަބޫލުކޮށްބަލާށެވެ. ދެން ދެލޯ މަރައިލާށެވެ. އަދިވެސް އިތުރަށް ވިސްނައިލާށެވެ.

ލޮބުވެތި މުސްލިމުންނޭވެ. މިކަންކަމަށް މިއަދު ނުވިސްނައިފިނަމަ ދެން ވިސްނާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ނޭވާ ހުސްވެ މަރުވުމުން ހެއްޔެވެ؟ އެ ހިސާބުން ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް







ސާޔާ 2018-04-13 08:11:06

ދުނިޔެވީ އުފާ ބޭނުމެއް ނޫން.


އަބްދުއްލަތީފް