އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

5 އިލްމުވެރިން ލިޔުއްވި ޚުޠުބާއިން ބައެއް އުނިކުރަން ކުއްލިއަކަށް ޖެހުނު ސަބަބު ޑރ. ޒިޔާދު ވިދާޅުވެއެއް ނުދެއްވި

5 އިލްމުވެރިން ލިޔުއްވި ޚުޠުބާއިން ބައެއް އުނިކުރަން ކުއްލިއަކަށް ޖެހުނު ސަބަބު ޑރ. ޒިޔާދު ވިދާޅުވެއެއް ނުދެއްވި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މިއަދުގެ ޚުޠުބާ ދިފާއުކުރައްވައި އިސްލާމިކް މިނިސްޓަރު އަޙްމަދު ޒިޔާދު ބާޤިރު މިއަދު ވަނީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވައިފައެވެ.

ޑރ. ޒިޔާދު ވިދާޅުވީ ޚުޠުބާ ނިންމަނީ އިސްލާމީ ފުންނާބު އުސް 5 އިލްމުވެރިން ފާސްކުރެއްވުމުން ކަމަށެވެ. އަދި ޚުޠުބާގައި އިސްލާމް ދީނާއި ޚިލާފް އެއްވެސް ކަމެއް ހިމަނުއްވާފައި ނުވާނެ ކަމަށެވެ.

ޑރ. ޒިޔާދު ވަނީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ހައްޔަރުގައި ހުންނެވި ސަބަބުވެސް ހާމަކުރައްވައިފައެވެ. އިސްލާމިކް މިނިސްޓަރަކަށްވެވަޑައިގެން ހުންނަވައި ދެއްކެވި ވާހަކަފުޅުގައި ޝަރީއަތް ކުރިއަށް ގެންދިއައިރު ދިފާޢީ އެއްވެސް ހެއްކެއް ހުށަހެޅުއްވުމުގެ ފުރުޞަތު ޝައިޚް އިމްރާނަށް ލިބިވަޑައިނުގަންނަވާ ކަމާއިމެދު އެއްވެސް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.

ޑރ. ޒިޔާދަށް މިމޭރުމުން ވިދާޅުވެވުނީ އިސްލާމް ދީނުގައި ޝަރީޢަތް ކުރަންޖެހޭނީ ތުހުމަތުކުރެވޭ މީހާއަށް ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ފުރުޞަތު އެންމެ ފުޅައު ދާއިރާއެއްގައި ދީގެންކަމާއި ހެކި ހުށަހެޅުމުގެ ފުރުޞަތު ދީގެންކަން ޑރ. ޒިޔާދުގެ ހަނދުމަފުޅުގައި އެވަގުތު ނެތުމުން ވީކަމެއް ކަމެއްކަމަށްވެސް ވެދާނެއެވެ.

ޙާކިމާއަށް ކިޔަމަންވުމަށް އިސްލާމީ ޝަރީއަތުގައި ނެތް ކަމަކަށް އެއްވެސް ދިނީ އިލްމުވެރިއަކު ވިދާޅުވެފައެއް ނުވެއެވެ. ދީނީ އިލްމުވެރިން ކަންބޮޑުވުން ފައުޅުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ކިބައިން ލާޒިމުކުރާ ކަންކަމުގެ ވާހަކަ އެކަނި ޚުޠުބާގައި އޮތުމުންނާއި ޙާކިމާގެ މައްޗަށް ލާޒިމުކުރާ ކަންކަމުގެ ވާހަކަތައް ގެނެސްފައި ނެތުމުންނެވެ. ތެދުވެރިވުމާއި އަދުލުވެރިވުމަށް އިސްލާމް ދީނުގައި ހާކިމާއަށް ބާރު އަޅާފައިވާ މިންވަރު އެއްވެސް ވަރަކަށް ބަޔާންކޮށްފައި ނެތުމުންނެވެ. ޞަޙީޙް ޙަދީޘްފުޅުތައް ހުއްޓައި ޟަޢީފް ޙަދީޘްތައް ހިމަނައިގެން ވަކި މާނައެއް ހާމަކުރަން ޚުޠުބާގައި މަސައްކަތްކޮށްފައި އޮތުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް