އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިވަރުންގެ ހުރިހާ ކަމެއްވެސް އިސްލާމީ އުޞޫލުގެ ތެރޭގަ ހިފަހައްޓަން އިސްލާމިކް މިނިސްޓަރު އިލްތިމާސްކުރައްވައިފި

ދަރިވަރުންގެ ހުރިހާ ކަމެއްވެސް އިސްލާމީ އުޞޫލުގެ ތެރޭގަ ހިފަހައްޓަން އިސްލާމިކް މިނިސްޓަރު އިލްތިމާސްކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ދަރިވަރުންގެ ހުރިހާ ކަމެއްވެސް އިސްލާމީ އުޞޫލުގެ ތެރޭގައި ހިފަހައްޓަން އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާޤިރު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ އެޗްޑީސީ އިން އިންތިޒާމުކޮށްގެން ބޭއްވި ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް މިރޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.



ޑރ. ޒިޔާދު ވިދާޅުވީ ކީރިތި ޤްރްއާން އުނގެނުމަށްފަހު އެންމެ މުހިންމު ކަމަކީ އުނގެނިފައިވާ ޢިލްމު އަމަލު ދެއްކުން ކަމަށެވެ. އަދި އަމަލުތައް ބަހައްޓަންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ އުޞޫލުތަކާއި ހަމަތަކުގެ ތެރޭގައި ކަމަށެވެ.

"ކީރިތި ޤްރްއާނަކީ މުސްލިމުންގެ އެންމެ މުޤައްދިސް އެއް ފޮތް. އެހެންވީމާ ކީރިތި ޤްރްއާނަށް ކަމޭ ހިތަންޖެހޭނެ. ކީރިތި ޤްރްއާނުގެ ޝަރަފާއި ޤަދަރު ހިފަހައްޓަންޖެހޭނެ. ކީރިތި ޤްރްއާން މަތިވެރިކޮށް އުފުލި މީހެއްގެ ޤަދަރާއި ޝަރަފު ﷲ ތަޢާލާ މަތިވެރި ކުރައްވަވާނެ."

ޑރ. ޒިޔާދު ވިދާޅުވީ ކީރިތި ޤްރްއާން ރީތިކޮށް ކިޔަވައިގެން ވަނަތައް ހޯދުމަކުން އެކަނި ނުފުދޭ ކަމަށެވެ. ކީރިތި ޤްރްއާނުގައިވާ ރީތިކަން ލިބިގަންނަން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. އަދި ކީރިތި ޤްރްއާނުގައިވާ ރީތިކަން ލިބިގަތުމަކީ ކީރިތި ޤްރްއާނުގައިވާ ގޮތަށް އަމަލުކުރުން ކަމަށެވެ.



ޑރ. ޒިޔާދު ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކަށް ބަލައިފިނަމަ އެތައް މިލިއަން ކުދިންނަށް ތިބީ ތަފާތު އެތައް ސަބަބުތަކާއިހުރެ ކިޔެވުމުގެ ފުރުޞަތު ނުލިބި ކިޔެވުމުން މަޙްރޫމްވެފައި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ކުދިންނަށްވެސް ވަނީ އުނގެނުމުގެ ފުރުޞަތު ވަރަށް ފަހިކޮށް ކަމަށާއި ކޮންމެ ކުއްޖަކަށްވެސް މައިން ބަފައިންގެ ގާތުގައި ހުރެގެން ކިޔެވުމުގެ ފުރުޞަތު ވަނީ ލިބިފައި ކަށެވެ.

"މިއީ މާތް ﷲ ދެއްވަވާފައިވާ ވަރަށް ބޮޑު ނިޢުމަތެއް. މި ނިއުމަތަށް ހުރިހާ ދަރިވަރުންވެސް ޝުކުރުވެރިވެ އެކަން ދުލުން ބަޔާންކުރުމުގެ ބަދަލުގައި އަމަލުން ދައްކަންޖެހޭނެ" ކަމަށެވެ.

ޑރ. ޒިޔާދު ވިދާޅުވީ ޢިލްމީ ގޮތުން ޤާބިލު މީހަކަށް ނުވެއްޖެނަމަ މިޒަމާނުގައި އެމީހަކު މުޖުތަމައުން ބަލައި ނުގަންނާނެ ކަމަށެވެ. އެހެންކަމުން އެދުރުންނާއި މައިންބަފައިން ދޭ ނަޞޭޙަތް އަޑުއަހައި ޤަބޫލުކުރަން ޖެހޭނެ ކަމަށެވެ. ނޫންނަމަ ލިބިފައިވާ ފުރުޞަތު ގެއްލިގެން ހިގައިދާނެ ކަމަށެވެ.

ޑރ. ޒިޔާދުގެ ވާހަކަފުޅު (އޯޑިއޯ):

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް