އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަށް ޤްރްއާން އުނގަންނައިދިނުމަކީ ހަމައެކަނި ކިޔަވަން ދަސްކޮށްދިނުމެއް ނޫން - ޤްރްއާނާ އެއްގޮތަށް ތަރުބިއްޔަތުވެސް ކުރުން: ޑރ. ޒިޔާދު

ދަރިންނަށް ޤްރްއާން އުނގަންނައިދިނުމަކީ ހަމައެކަނި ކިޔަވަން ދަސްކޮށްދިނުމެއް ނޫން - ޤްރްއާނާ އެއްގޮތަށް ތަރުބިއްޔަތުވެސް ކުރުން: ޑރ. ޒިޔާދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

"ތިއަބައިމީހުން ތިއަބައިމީހުންގެ ދަރިންނަށް ކީރިތި ޤްރްއާން ކިޔަވަން އުނގަންނައިދޭށެވެ." އޮތް ހަދީޘްފުޅުގެ މާނައަކީ ހަމައެކަނި ޚަޠިމުން ބަލައިގެން ކިޔަވަން ނުވަތަ ހިތުދަސްކޮށްދިނުން ނޫން ކަމަށާއި އެ ބަސްފުޅުގެ މުރާދަކީ ކީރިތި ޤްރްއާނާއި އެއްގޮތަށް ދަރިން ތަރުބިއްޔަތުކޮށް އަމަލުކުރަން ދަސްކޮށްދިނުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.



އެޗްޑީސީ އިން އިންތިޒާމުކޮށްގެން ބޭއްވި ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް މިރޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑރ. ޒިޔާދު ވިދާޅުވީ މި ޙަދީޘްފުޅުގެ ޙަޤީޤީ މުރާދަކީ ކީރިތި ޤްރްއާނުގެ އަދަބުން އަދަބު ދަސްކޮށް ދިނުމާއި ކީރިތި ޤްރްއާނުގައިވާ މަގުން ކުދިން ތަރުބިއްޔަތުކުރުން ކަމަށެވެ. "މަންމައަކަށް ނުވަތަ ބައްޕައަކަށް ދަރިއަކަށް ދެވޭނެ އެންމެ އަގުހުރި އަދި އެންމެ އަގު ބޮޑު ހަދިޔާއަކީ ރިވެތި އަދަބަކާއި އަޚްލާޤެއް ދަރިންނަށް ދަސްކޮށް ދިނުން" ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ ވެސް އެސަބަބަށްޓަކައެވެ. "އެހެންވީމާ މިއީ ކޮންމެ މަންމައެއްގެ އަދި ބައްޕައެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް. ދަރިން ތަރުބިއްޔަތު ކުރަންވީ މިއަދަކަށް ނޫން. މާދަމާއަށް."



ޑރ. ޒިޔާދު ވަނީ ބަހުން ނަޞޭޙަތް ދިނުމުގެ އިތުރުން ނަމޫނާ ދައްކައިގެން ކުދިން ތަރުބިއްޔަތުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. "70 ފަހަރު ނަޞޭޙަތް ދިނުމަށްވުރެ އެންމެ ފަހަރަކު ނަމޫނާ ދެއްކުމުންވެސް ކުއްޖާގެ މުޅި ހަޔާތުގަ ކުރާ ފައިދާ މާބޮޑު.''

ދަރިން ތަރުބިއްޔަތުކުރުމަކީ ރެޢާއި ދުވާލު އަދާކުރަންޖެހޭ ބުރަ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި ޑރ. ޒިޔާދު ވަނީ އެ މަސައްކަތް ކުރުމުގައި ސާބިތުކަމާއިާިއެކު ދެމިތިބުމަށް ވެސް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ހުރިހާ ދަރިން އެއް ގޮތަކަށް ތަރުބިއްޔަތު ނުކުރެވޭނެކަން ފާހަގަކުރައްވައި ކުދިންގެ މިޒާޖާއި ގުޅޭ ގޮތަށް ކުދިން ތަރުބިއްޔަތުކުރަން މަސައްކަތްކުރުމަށްވެސް ޑރ. ޒިޔާދު ވަނީ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޑރ. ޒިޔާދުގެ ވާހަކަފުޅު (އޯޑިއޯ):

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް