އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުންކަރާތްތަކާ ދުރުހެލިވެ ސަލަފުއްޞާލިޙުން ނަމޫނާއަކަށް ބެލުމަށް ޒުވާނުންނަށް އިސްލާމިކް މިނިސްޓަރު ގޮވާލައްވައިފި

މުންކަރާތްތަކާ ދުރުހެލިވެ ސަލަފުއްޞާލިޙުން ނަމޫނާއަކަށް ބެލުމަށް ޒުވާނުންނަށް އިސްލާމިކް މިނިސްޓަރު ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

މުންކަރާތްތަކާއި ދުރުހެލިވެ ސަލަފުއްޞާލިޙުން ނަމޫނާއަކަށް ބަލައިގެން އަދި ޢިލްމާއި ޙިލްމުގެ ބޭނުންކޮށްގެން ކުރިއަށދާ ބައަކަަށް ވުމަށް ޒުވާނުންނަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާޤިރު ގޮވާލައްވައިފިއެވެ.

"ޤައުމަށްޓަކާ ޒުވާނުން" ނުވަތަ "ޔޫތު ފޮރ ނޭޝަން" ގެ ނަމުގައި މިއަދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާ ބައްދަލުވުން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ޑރ. ޒިޔާދު ވިދާޅުވީ އިސްލާމް ދީނަށް އެންމެ މަތިވެރި ގޮތުގައި ޚިދުމަތް ކުރެއްވެވީ ސަލަފުއްޞާލިޙުން ކަމަށާއި މިއަދުގެ ޒުވާނުންވެސް ޢިބްރަތް ޙާޞިލުކުރަންޖެހޭނީ އެބޭކަލުންގެ އަރިއަހުން ކަމަށެވެ. ނަމޫނާ ނަގަން ޖެހޭނީ އެބޭކަލުން އެބޭކަލުންގެ ޤައުމަށް، އިސްލާމް ދީނަށް، މުޖުތަމައުއަށް، ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުން ކަމަށެވެ.

ޑރ. ޒިޔާދު ވިދާޅުވީ އިސްލާމް ދީން ފުރަތަމަ ޤަބޫލުފުޅުކުރެއްވެވި ފިރިހެނަކީ ޒުވާނެއްގެ ގޮތުގައި އެއިރު ހުންނެވި ފަހުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުއްޞިއްދީޤް ކަމަށެވެ. އެހެންކަމުން އިސްލާމް ދީން ފެށިގެން މިއައީވެސް ޒުވާނުންގެ އިސްނެގުން އޮވެގެން ކަމަށެވެ.

ޑރ. ޒިޔާދު ވިދާޅުވީ ދިވެހި ޒުވާނުންނަކީ ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތާއި އެއްގޮތަށް އުޅޭ ބައަކަށް ވާންޖެހޭނެ ކަމަށެވެ. މީސްތަކުންނަކީ މާތް ބައެއް ކަމަށާއި މުސްލިމުންނަކީ އިތުރު މާތްކަމެއް ލިބިގެންވާ ބައެއް ކަމަށެވެ. އެހެންކަމުން މުސްލިމުން އުޅެން ޖެހޭނީ ﷲ ތަޢާލާ ބާވައިލެއްވެވި ކީރިތި ޤްރްއާނާއި ރަސޫލާ (ޞޢވ) ގެ ސުންނަތުގައި ބަޔާންވެގެންވާ ގޮތަށް ކަމަށެވެ.

ޑރ. ޒިޔާދު ވިދާޅުވީ މީހާގެ ޙަޔާތް ވޭތިކުރި ގޮތާއިމެދު ﷲ ތަޢާލާގެ ޙަޒްރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމަށާއި ޚާއްޞަކޮށް ޒުވާން އުމުރު ހޭދަކުރި ގޮތާއިމެދު ސުވާލުކުރެވޭނެ ކަމަށެވެ. އަދި އެސުވާލުތަކަށް ފުރިހަމަ ގޮތުގައި ޖަވާބުދެވޭ ޒުވާނުންނަށް ޢަރްޝީގެ ހިޔާވަހިކަން ލިބިގެންދާނެކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތް ކަމަށެވެ. "އިންސާނާގެ އުމުރުގައި އެންމެ ތުއްތު އިރުންސުރެ މުސްކުޅިވުމާއި ހަމައަށް އެބަ ހިމެނޭ. އެހެންކަމާއިއެކުވެސް ޒުވާން އުމުރު ހޭދަކުރި ގޮތާއިމެދު ޚާއްޞަކޮށް ސުވާލު ކުރެވޭ ސަބަބާއިމެދު ވިސްނަންޖެހޭނެ."

ޑރ. ޒިޔާދުގެ ވާހަކަފުޅުން އެނގިގެންދަނީ ސަރުކާރުން ބާއްވާ މިޔުޒިކްޝޯތައް ފަދަ ކަންކަމުގައި ޒުވާނުން ބައިވެރިވެގެން ނުވާނެ ކަމެވެ. އެހެނީ އެފަދަ ޝޯތައް ކައު އިތރު ރަސޫލާ މުޙައްމަދު (ޞޢވ)ވެސް އަދި ސަލަފުއްޞާލިޙުން ވެސް ބައްލަވާފައި ނުވާތީއެވެ.

ޑރ. ޒިޔާދުގެ ވާހަކަފުޅު:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް