އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީގައި ބާއްވާ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސައުދީގައި ބާއްވާ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

މަދީނާގައި ބޭއްވުމަށް ހަމަޖެހިފައިވާ 40 ވަނަ މަލިކު ޢަބްދުލް ޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުން މިކަމާ ގުޅޭގޮތުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެމުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ދިވެހި ރާއްޖެއަށް ލިބިފައިވާ ކަމަށާއި މިމުބާރާތުގައި ބައިވެރިވާން ޝަރުތު ހަމަވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ ކަމަށެވެ.

ސައުދީ އަރަބިޔާ ގައި ބާއްވާ މިޤުރްއާން މުބާރާތުގައި ބައިވެރިވެވެނީ، ހަމައެކަނި ފިރިހެނުންނަނށާއި މިފަދަ މުބާރާތެއްގައި ބައިވެރިވެފައި ނުވާ މީހުންނަށެވެ. އަދި އުމުރުން 25 އަހަރު ފުރިފައި ނުވާ މީހެއް ކަމުގައިވެސް ވާން ޖެހެއެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ 6 ން 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަށް ހަމަޖެހިފައިވަނީ ދެ ބައިވެރިންނެވެ. އެ ދެބައިވެރިން ހޮވާނީ ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަރުކަޒުން އިމްތިހާން ކުރުމަށް ފަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ