އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޫރުލްމުބީން ޤްރްއާން މުބަރާތުގެ 1 ވަނަ ކުވައިތުގެ ބައިވެރިޔާ ޢަބްދުﷲ މުޙައްމަދު ހޯދައިފި

ނޫރުލްމުބީން ޤްރްއާން މުބަރާތުގެ 1 ވަނަ ކުވައިތުގެ ބައިވެރިޔާ ޢަބްދުﷲ މުޙައްމަދު ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ރާއްޖޭގައި މުޅި ދުނިޔެއަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ކީރިތި ޤްރްއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތުގެ ފަޚުރުވެރި 1 ވަނަ ކުވައިތުގެ ޢަބްދުﷲ މުޙައްމަދު ހޯދައިފިއެވެ.

2 ވަނަ ހޯދީ ތުރުކީން ބައިވެރިވި ޙަމީދުއެވެ. އަދި 3 ވަނަ ހޯދީ ރާއްޖެއިން ބައިވެރިވި އަޝްރަފް ނާޒިމްއެވެ.







މިއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އިސް ނެންގެވުމަށް އަދި އެމަނިކުފާނުގެ ވާދައިގެ ތަށްޓަށް ބޭއްވި މުބާރާތެކެވެ. މިބަރާތުގެ 1 ވަނައަށް އިނާމާއި ތަށި ހަވާލުކޮށްދެއްވީ ވެސް ރައިސުލްޖުމްހޫރިއްޔާއެވެ.

އަންނަ އަހަރު ބާއްވާ ނޫރުލްމުބީން 2 ވަނަ މުބާރާތުގައި އަންހެން ބައިވެރިންވެސް ބައިވެރިކުރާނެ ކަމަށާއި އެ މުބާރާތް މިފަހަރުގެ މުބާރާތަށްވުރެ ހުރިހައި ގޮތަކުންވެސް ފުރިހަމަވާނެކަން މިރޭގެ ރަސްމިއްޔާތުގައި ވަނީ އިއުލާނުކޮށްފައެވެ.

މިއަަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތުން 9 ޤައުމެއްގެ ބައިވެރިން ވަނީ ވާދަކޮށްފައެވެ. މިރޭގެ ރަސްމިއްޔާތުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް ވަނީ ކީރިތި ޤްރްއާން ކިޔެވުމާއި މަތިވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދަރުސްދެއްވައިފައެވެ.



ނޫރުލްމުބީން ޤްރްއާން މުބާރާތަށް ތައުރީފް ކުރައްވައި މުފްތީ މެންކް ވިދާޅުވީ މިއީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ. ކީރިތި ޤްރްއާނަށް އަހައްމިއްޔަތުކަންދޭނަމަ އެބައަކަށް މާތް ﷲ އަހައްމިއްޔަތުކަން ދެއްވަާނެ ކަމަށެވެ. އަދި ކީރިތި ޤްރްއާން މަތިވެރިކޮށް ފަތުރަން މަސައްކަތްކުރަން ޖެހޭނެ ކަމަށާއި ނޫރުލްމުބީން ފަދަ މުބާރާތްތަކުން މާތް ﷲ ގެ ކަލިމަފުޅުތައް މަތިވެރިކޮށް ފެތުރުވޭނެ ކަމަށެވެ. އަދި ރިވެތިކޮށް ކިޔަން ހިންވަރުލިބޭނެ ކަމަށާއި ކީރިތި ޤްރްއާން ކިޔެވުމަކީ ދިރިއުޅުމުގެ ބައެއް ކަމުގައި ހެދޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް