އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައިކަރަދޫއިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ހދ.އަތޮޅު ޤުރްއާން މުބާރާތް ކާމިޔާބުކޮށްފި

ވައިކަރަދޫއިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ހދ.އަތޮޅު ޤުރްއާން މުބާރާތް ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ހދ.އަތޮޅު ޤުރްއާން މުބާރާތް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ހދ.ވައިކަރަދޫއިން ކާމިޔާބުކޮށްފިއެވެ.

ހ.އަތޮޅުގެ 11 ރަށަކުން ބައިވެރިވި މި މުބާރާތުގެ އެއްވަނަ މި އަހަރު ވެސް ވައިކަރަދޫއިން ހޯދިއިރު، ދެވަނައަށް ދިޔައީ ހދ.ކުޅުދުއްފުއްޓެވެ. ތިންވަނަ ހޯދީ ހދ.ނޮޅިވަރަމެެވެ.

މި މަހުގެ 5 ވަނަ ދުވަހުން 7 ވަަނަ ދުވަހަށް ކުރިއަށްދިޔަ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ކުޅުދުއްފުށި ކެމްޕަސްގެ މެނޭޖަރު އިބްރާހިމް މުހައްމަދެވެ.

މުޅި މުބާރާތުން ނުބަލާ ކިޔުމުގެ ގޮފިން:

1 ވަނަ: ފައިހާ ޢަބްދުﷲ ޢަޤީލް، ފަލްކަމް ހދ.ވައިކަރަދޫ
2 ވަނަ: ފާތިމަތު ނިހާލް މުހައްމަދު، ކަސްމީރުވާދީ ހދ.ވައިކަރަދޫ
3 ވަނަ: މުހައްމަދު އައްމާރު އަހުމަދު ނާސިމް، ސްނޯރޯސް ހދ.ނެއްލައިދޫ (ކުޅުދުއްފުށި)

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން:

1 ވަނަ: ރާޔާ އަންވަރު، ގ.ނިޔާމަ ކ.މާލެ (މަކުނުދޫ)
2 ވަނަ: އަހުމަދު އަރުޝަމް، ގުރަހާތަރި ހދ.ވައިކަރަދޫ
3 ވަނަ: މަލަކާ މުހައްމަދު ހަބީބު، ޒެންބިއާ ހދ.މަކުނުދޫ

މި މުބާރާތުގައި ވަކިވަކި އުމުރުފުރާތަކުން ވެސް ކޮންމެ ގޮތްޕަކަށް ވަނަތައް ހޮވާފައިވެއެވެ. އަދި މުޅި މުބާރާތުގައި އެންމެ ގަދަ 15 ބައިވެރިން ވެސް ހޮވައި، އެ ފަރާތްތަކާ އިނާމުތައް ހަވާލުކޮށްދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް