އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއާއެކު 9 ޤައުމު ބައިވެރިވާ ބައިނަލްއަޤްވާމީ ޤްރްއާން ކިޔެވުމުގެ މުބާރާތެއް އިފްތިތާޙްކޮށްފި

ރާއްޖެއާއެކު 9 ޤައުމު ބައިވެރިވާ ބައިނަލްއަޤްވާމީ ޤްރްއާން ކިޔެވުމުގެ މުބާރާތެއް އިފްތިތާޙްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ރާއްޖެއާއިއެކު 9 ޤައުމު ބައިވެރިވާ ބައިނަލްއަޤްވާމީ ޤްރްއާން ކިޔެވުމުގެ މުބާރާތެއް އިފްތިތާޙްކޮށްފިއެވެ. މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ މިފަދަ މުބާރާތެވެ. މުބާރާތުގެ ކިޔެވުން ފަށާނީ މާދަމާ ހެނދުނުއެވެ.

މުބާރާތުގެ ފަނޑިޔާރުކަން ކޮށްދޭނީ ބޭރުގެ 4 ފަނޑިޔާރުންނާއި ރާއްޖޭގެ މަޝްހޫރު ޤާރީ އަޙްމަދު ތައުފީޤް އެވެ.



މުބާރާތް އިފްތިތާޙްކުރުމަށް މިއަދު ހަވީރު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ޤްރްއާން ކިޔަވައި ވިދާޅުވެދެއްވީ މިޞުރު ރާގަށް ރާއްޖޭގައި ކީރިތި ޤްރްއާން ކިޔަވަން ދަސްކޮށްދެއްވި އަދި ބަންގި ގޮވަން ދަސްކޮށްދެއްވި ދިވެހި އެތައް ސަތޭކަ ދަރިވަރުންގެ އުސްތާޛް ޕާކިސްތާނުގެ މަޝްހޫރު ޤާރީ ޔޫނުސް އެވެ. ޤާރީ ޔޫނުސް އަކީ މި މުބާރާތުގެ ފަނޑިޔާރެކެވެ.



މި ރަސްމިއްޔާތުގައި އިސްލާމީ މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާޤިރު ވިދާޅުވީ މުބަރާތް ބޭއްވިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އިސްނެންގެވުމަށް ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކެއްގެ ތެރެއިން ކަމަށެވެ.



ޑރ. ޒިޔާދު ވިދާޅުވީ ދިވެހިންނަކީ، އަދި ދިވެހި ޤައުމުގައި ވެރިކަން ކުރެއްވެވި ވެރިންނަކީވެސް ކީރިތި ޤްރްއާނަށް ލޯބި ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި މި މުބާރާތަކީ ރާއްޖޭގެ ތާރީޚުގައިވެސް ފާހަގަ ކޮށްލެވޭ ފަދަ މުބާރާތެއް ކަމަށެވެ.

ރަމަޟާން މަހަކީ ކީރިތި ޤްރްއާނުގެ މައްސަރުކަން ފާހަގަކުރައްވައި ޑރ. ޒިޔާދު ވަނީ ރަމަޟާން މަހަކީ އެކަކު އަނެކަކަށް މަޢާފްކުރާ އަދި އުޚުއްވަތްތެރިކަމުގެ ގުޅުންތައް ބަދަހިކުރާ މަހަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް