އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާރަށާއި އުތީމުގައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވައިފި

ބާރަށާއި އުތީމުގައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 31 ސިކުންތު

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކެއް، ހއ.ބާރަށުގައާއި އުތީމުގައި ހުޅުވައިފިއެވެ.

މި ދެ ރަށުގައި ވެސް ގޮފިތައް ހުޅުވައިދެއްވީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާއެވެ. އެ ގޮތުން، ބާރަށުގައި ހުޅުވި ގޮފީގައި އެއްފަހަރާ 60 މީހުންނަށް ކިޔަވައިދެވޭ ދެ ކްލާސް ރޫމެއް ހުންނައިރު، އުތީމުގައި ހުޅުވި ގޮފީގައި އެއްފަހަރާ 40 މީހުންނަށް ކިޔަވައިދެވޭނެެއެވެ.

މި ދެ ރަށުގައި ހުޅުވި ގޮފިތަކާއެކު، އަތޮޅުތެރޭގައި ހިނގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ ގޮފިތަކުގެ އަދަދު ވަނީ 32 އަށް އަރައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް