އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖީދިއްޔާ ސްކޫލުން ސަސްޕެންޑުކުރި ޓީޗަރު ރާއްޖެ ދޫކޮށް ފުރައިފި

މަޖީދިއްޔާ ސްކޫލުން ސަސްޕެންޑުކުރި ޓީޗަރު ރާއްޖެ ދޫކޮށް ފުރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 37 ސިކުންތު

ދަރިވަރެއްގެ ކަރުގައި ހިފިކަމަށް ތުހުމަތުކޮށް މަޖީދިއްޔާ ސްކޫލުން ސަސްޕެންޑު ކުރި ބިދޭސީ ޓީޗަރު މިއަދު ރާއްޖެ ދޫކޮށް ފުރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ދެމުން ގެންދާ އެޓީޗަރުގެ އަންހެނުން ވެސް ގޮވައިގެން، އޭނާ މިއަދު ފުރީ އޭނާއަށް ބަޔަކު އިންޒާރުދީ އެގޭ ކައިރީގައި ފާރަލާން ވެސް ފެށުމުންނެވެ.

އެދަރިވަރުގެ ކަރުގައި ހިފިކަމަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު ދިމާވި ކަންތައްގަނޑެއްގެ ތެރޭގައެވެ.

އެމައްސަލަ ބަލާ ނިމެންދެން ޓީޗަރު ގޭގައި މަޑުކޮށްލުމަށް އަންގާ ސަސްޕެނޑު ކުރުމުން، މަޖީދިއްޔާ ސްކޫލުގެ އެހެން ޓީޗަރުންތަކެއް ވަނީ އެކަމާ އިހުތިޖާޖު ވެސް ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ