އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުނޫތު ނުކިޔާ މީހުން ހައްޔަރުކުރުމަށްވުރެ ފަތިސް ނަމާދަށް ނުދާ މީހުން ހައްޔަރުކުރުން މާރަނގަޅުވާނެ: ޑރ. ޢަބްދުލްމަޖީދު

ޤުނޫތު ނުކިޔާ މީހުން ހައްޔަރުކުރުމަށްވުރެ ފަތިސް ނަމާދަށް ނުދާ މީހުން ހައްޔަރުކުރުން މާރަނގަޅުވާނެ: ޑރ. ޢަބްދުލްމަޖީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

މީހެއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްފަހު އާސަހާރާއިން ނުކުމެވަދައިގެންނެވިތަނާ މީހަކު (ހަނދާންވާގޮތުން ދުވެލި ސަލީމް) ޑރ. ޢަބްދުލްމަޖީދަށް ދެންނެވިއެވެ.

"އަޅުގަނޑުމެންގެ މިސްކިތަށް ޤަވާއިދުން ފަތިސް ނަމާދަށް އަރާ 2 މީހަކު ރޭ ހައްޔަރުކޮށްފިއެވެ. އެމީހުން ހައްޔަރުކުރީ އިމާމް މީހާ ޤުނޫޠުކީއިރު ޤުނޫތު ނުކިޔައި ޤުނޫތަށް އަތް ނުނަގައިގެންނެވެ."

ވިސްނަވައިލައްވަން އިރުކޮޅަކު ހުންނެވުމަށްފަހު ޑރ. ޢަބްދުލްމަޖީދު ޖަވާބު ދެއްވި އެވެ. "އެ ދެ މީހުން މާތް ﷲ އަށް ބިރުވެތިވެ ފަތިސް ނަމާދަށް ޖަމާއަތަށް ގޮސް ފަތިސް ނަމާދުކޮށްފިއެވެ. އެ ދެ މީހުން ހައްޔަރުކުރިއިރު މާތް ﷲ އަށް ނުކިޔަމަންތެރިވެ ނަމާދަށް ނުގޮސް ތިބި މީހުން ހޯދައި ހައްޔަރު ނުކުރީ ކީއްވެގެންބާވައެވެ! ނަމާދަށް ނުގޮސް ތިބި މީހުން ހައްޔަރުކުރުން މާރަނގަޅުވާނެއެވެ."
އެއިރު ޑރ. ޢަބްދުލްމަޖީދަކީ އިސްލާމިކް އެފެއަރޒްގެ ޑިރެކްޓަރެކެވެ.

ޑރ. ޢަބްދުލްމަޖީދުގެ ޙަޔާތްޕުޅަށް ބަލައިފިނަމަ މިފަދަ އިބްރަތްތެރި އެތައް ގިނަ ފިލާވަޅުތަކެއް ވަނީ ދެއްވައިފައެވެ.

ޑރ. ޢަބްދުލްމަޖީދު އަވަހާރަވުމުން ގިނަ ބައަކު ހިތާމަފަޅުކުރަމުން އެގެންދަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. އެމަނިކުފާނުގެ އިސްލާމިކް މިނިސްޓަރުކަމުގައި ދީނީ އިލްމުވެރިންނަށް ޙައްޤު ޤަދަރު ދެއްވެވިއެވެ. ކަންކަމުގައި ޢިލްމުވެރިންނާއި މަޝްވަރާ ކުރެއްވެވިއެވެ. މަޝްވަރާއަކަށް އެދި އެމަނިކުފާނާއި ބައްދަލުކުރަން މިނިސްޓްރީއަށް ދާ މީހުންނާއި ބައްދަލުކުރެއްވެވިއެވެ. އެމީހުންގެ ކަންބޮޑުވުންތަކުގެ އަޑު އެއްސެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް