އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. ޢަބްދުލްމަޖީދުގެ ތަޢްބީނުގެ ޖަލްސާ: ގިނަ ބައެއްގެ ލޮލުން ކަރުނަ!

ޑރ. ޢަބްދުލްމަޖީދުގެ ތަޢްބީނުގެ ޖަލްސާ: ގިނަ ބައެއްގެ ލޮލުން ކަރުނަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ތައުބީނުގެ ޖަލްސާ ބާއްވައިފިއެވެ. އިސްލާމީ މަރުކަޒުގެ މައި ހޯލުގައި މިރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ޙަޔާތްޕުޅާއިބެހޭގޮތުން ވާހަކަ ދެކެވެމުން ދިއައިރު ގިނަ ބައެއްގެ ލޯތައް ވަނީ ކަރުނައިން ފުރިފައެވެ.



ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ ދީނީ އިލްމުގެ ދާއިރާއިން އެންމެ ފުރަތަމަ ޕީއެޗްޑީ ޙާޞިލުކުރެއްވި ދިވެހި ދަރިވަރެވެ. އެމަނިކުފާނު ޕީއެޗްޑީ ޙާޞިލުކުރެއްވެވީ ކީރިތި ޤްރްއާނުގެ ޢިލްމުންނެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އުފެއްދި، ރާއްޖޭގައި ފުރަތަމަ ކީރިތި ޤްރްއާނާއިބެހޭ މަރުކަޒުގެ ރައީސް އެވެ. އަދި ރާއްޖޭގައި އުފެއްދި ފުރަތަމަ އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރުވެސް މެއެވެ.



ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ އެމަނިކުފާނުގެ އަރިއަހުން ދީނީ ކަންކަން އޮޅުންފިލުވަން ދިއަ ކޮންމެ މީހަކަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެ އެމީހަކު ބޭނުންވި މައުލޫމާތެއް އޮޅުންފިލުއްވައި ދެއްވެވި ޢިލްމުވެރިއެއް ކަމާއި ކޮންމެ މީހެއްގެ ވާހަކަތައްވެސް ކެތްތެރިކަމާއިއެކު އަޑުއެއްސަވައި ކަންކަން އޮޅުން ފިލުއްވައި ދެއްވެވި ޢިލްމުވެރިއެއްގެ ގޮތުގައިކަން ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ފާހަގަކުރެއްވެވިއެވެ.



ރާއްޖޭގައި ދީނީ ތައުލީމާއި ތަރުބިއްޔަތު ނުދީ އުފެއްދި ޖީލުގެ ސަބަބުން ރާއްޖެއަށް ލިބިފައިވާ ނިކަމެތިކަން ފާހަގަކުރައްވަވައި ތައުލީމީ ސިޔާސަތު ބަދަލުކުރަން ސަރުކާރަށް ފުރަތަމަ ފައުޅުގައި ހަރުއަޑުފުޅުން ގޮވާލެއްވެވި ޢިލްމުވެރިއަކީވެސް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް