އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާސީ އަދި އިޖުތިމާޢީ މަސައްކަތްޕުޅު ކުރެއްވުމުގައި އަބަދުވެސް ބައްޕަ ހިފެހެއްޓެވީ ކީރިތި ޤްރްއާނުގަ: އަޙްމަދު ފިރާސް

ސިޔާސީ އަދި އިޖުތިމާޢީ މަސައްކަތްޕުޅު ކުރެއްވުމުގައި އަބަދުވެސް ބައްޕަ ހިފެހެއްޓެވީ ކީރިތި ޤްރްއާނުގަ: އަޙްމަދު ފިރާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ސިޔާސީ އަދި އިޖުތިމާޢީ މަސައްކަތްޕުޅު ކުރެއްވުމުގައި ބައްޕާފުޅު، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ހިފެހެއްޓެވީ ކީރިތި ޤްރްއާނުގައި ކަމަށް ދޮށީ ދަރިކަލުން އަޙްމަދު ފިރާސް ވިދާޅުވެއްޖެއެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވުމާއި ގުޅިގެން އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ތަޢްބީނުގެ ޖަލްސާގައި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ދޮށީ ދަރިކަލުން އަޙްމަދު ފިރާސް ވިދާޅުވީ ޢިލްމީ، އިޖުތިމާޢީ އަދި ސިޔާސީ މަސައްކަތްޕުޅުކުރެއްވެވުމުގައި ބައްޕާފުޅު ވަނީ ވަރަށް މުހިންމު ހަމަތަކެއް ހިފަހައްޓަވާފައި ކަމަށެވެ.



"ބައްޕަ އަބަދުވެސް ދެކެވަޑައިގެންނެވި ގޮތުގައި ބައްޕައަކީ މުދައްރިސެއް. ބައްޕަ އެންމެ ކުރައްވާ ހިތްޕުޅުން ކުރެއްވެވި މަސައްކަތްޕުޅުތަކަކީ ޢިލްމީ ދިރާސާ ކުރެއްވެވުމާ ޢިލްމު އުނގަންނައިދެއްވުމުގެ މަސައްކަތްޕުޅު. ދީނީ އިލްމު އުނގަންނައިދިނުމާއި ދީނުގައި ކަން އޮންނަ ގޮތް ބަޔާންކޮށްދެއްވުމަކީ ބައްޕަގެ މުޅި ހަޔާތްޕުޅު އެކަމަކަށްޓަކައި ހޭދަކުރެއްވެވި އެންމެ އަގުހުރި މަސައްކަތްޕުޅު. އެއިގެ އިތުރުން ސިޔާސީ އަދި އިޖުތިމާޢީ މަސައްކަތްޕުޅުތަކަކީވެސް ބައްޕަ ނުހަނު ސަމާލުކަން ދެއްވައިގެން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކެއް."

ފިރާސް ވިދާޅުވީ ރާއްޖޭގައިވެސް އަދި މުޅި ދުނިޔޭގައިވެސް ސިޔާސީ މަސައްކަތްތަކާއިމެދު ކޮންމެވެސް ވަރަކަށް ޝައްކުގެ ނަޒަރުން ބަލަމުން ގެންދާ ކަމަށެވެ. "ސިޔާސީ މަސައްކަތަކީ ހަޑި މަސައްކަތެއް ކަމަށާއި ސާފު މީހަކުވެސް އެ މަސައްކަތްކުރަން ފަށައިފިނަމަ އެމީހެއްގެ ފަސްބައި ކޮންމެވެސް ވަރަކަށް ހަޑިވާނެ ކަމުގެ ވިސްނުމެއްވެސް އޮވޭ. ނަމަވެސް މި ވިސްނުމަކީ އެއާ އެއްވެސް ވަރަކަށް ބައްޕަ އެއްބަސްވެވަޑައިގަންނަވާ އެއްބަސްވުމެއް ނޫން."



"ބައްޕަ ދެކެވަޑައިގެންނެވި ގޮތުގައި މުޖުތަމައު އިޞްލާޙްކުރުމަށާއި ޤައުމުގެ ޙާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުގައި އެމީހަކަށް ކުރެވުނު މިންވަރަކުން ކުރަންޖެހޭނެ ކަމެއް."

"ބައްޕަ ވަރަށް ގިނައިން ވިދާޅުވެ އަޅުގަނޑުމެންނާއި ހިއްޞާ ކުރެއްވެވި 2 އާޔަތެއް ވެއެވެ. ފުރަތަމަ ޢާޔަތަކީ އައްރަޢްދު ސޫރަތުގެ 11 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނއިގައިވެއެވެ. "ހަމަކަށަވަރުން ތިއަބައިމީހުންގެ ޙާލަތު އެބައަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ އެ ޙާލަތު ބަދަލެއް ނުކުރައްވަވާނެތެވެ."

އަނެއް އާޔަތަކީ ޢާލްއިމްރާން ސޫރަތުގެ 104 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައިވެއެވެ. "ހެޔޮކަމުގެ މަގަށް ގޮވާ އަދި ހެޔޮ ކަންތަކަށް އަމުރުކުރާ އަދި ނުބައި ކަންތައްތައް ނަހީކުރާ ބައަކު ތިއަބައިމީހުންގެ ތެރެއިން ވާހުށި ކަމެވެ. އެއުރެންނަކީ ހަމަ ދިންނަވާނޭ މީހުންނެވެ."



"އަޅުގަނޑުމެންނަށް ފެނުނުގޮތުގައި ބައްޕަގެ ހުރިހާ މަސައްކަތްޕުޅުތަކެއްވެސް ބައްޓަން ކުރެއްވެވީ މިދެ އާޔަތާއި އެއްގޮތަށެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ބައްޕަގެ އެ މަސައްކަތްޕުޅުތައް މާތް ﷲ ޤަބޫލުފުޅު ކުރައްވަވައި ކާމިޔާބު ލިބުނު މީހުންގެ ތެރޭގައި ބައްޕަ ލެއްވެވުމެވެ."

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ގިނަބައަކު ބައިވެރިވަމުންދާކަން ފާހަގަކުރައްވައި އެ އެ އެންމެހައި ފަރާތްތަކަށް ޢާއިލާގެ ފަރާތުން ފިރާޝް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި އެކަމުން ޢާއިލާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބެމުންދާ ކަމަށްވެސް ފިރާޝް ވިދާޅުވިއެވެ.

ފިރާސްގެ ވާހަކަފުޅު (އޯޑިއޯ)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް