އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. ޢަބްދުލްމަޖީދުގެ މައްޗަށް މާލޭގަ ޣައިބަށް ކުރި ކަށުނަމާދުގަ ގިނަ ބައަކު ބައިވެރިވި

ޑރ. ޢަބްދުލްމަޖީދުގެ މައްޗަށް މާލޭގަ ޣައިބަށް ކުރި ކަށުނަމާދުގަ ގިނަ ބައަކު ބައިވެރިވި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި ރާއްޖޭގައި އިސްލާމް ދީން އުނގަންނަވައި ދެއްވުމަށާއި އަދި އެނޫން ވެސް ތަފާތު ގޮތްގޮތުން އިސްލާމް ދީނަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ މައްޗަށް ޣައިބުގައި މާލޭގައި ކުރި ކަށުނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.



މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމް ފުރި ބޭރާއިއެކު މީހުން ތިބިކަން ފާހަގަކުރެވެއެވެ. އިމާމްވެ ކަށުނަމާދުކޮށްދެއްވީ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް އެވެ.

ޢާންމުކޮށް އެ މިސްކިތަށް ޢިޝާ ނަމާދަށް ނުދާ ގިނަ ބައަކު މިރޭ ދިއަކަން ފާހަގަކުރެވެއެވެ.



ޑރ. ޢަބްދުލްމަޖީދު ރާއްޖޭގައި އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އިސްލާމް ދީން އުނގަންވައިދެއްވުމަށް ގަދައަޅުއްވައި މަސައްކަތްޕުޅު ކުރެއްވެވި އެދުރެއްގެ ގޮތުގައެވެ. ދަރިވަރުންނަށް ހެޔޮ، ހުރިހާ ދަރިވަރުންގެ ލޯބި ހޯއްދެވި އެދުރެއްގެ ގޮތުގައެވެ.



މިރޭގެ ޢިޝާ ނަމާދު ވަގުތު އެވަރަށް ވިއްސާރަ ނުކުރިނަމަ މުޅި އިސްލާމީ މަރުކަޒު މައިޒާން ފުރޭވަރަށް މީހުން ކަށުނަމާދައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް