އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. ޢަބްދުލްމަޖީދުގެ ކުއްލި އަވަހާރަވުމާ މިހާރު މި ދެކެވޭ ވާހަކަތަކާ ގުޅުމެއް ވޭތަ؟

ޑރ. ޢަބްދުލްމަޖީދުގެ ކުއްލި އަވަހާރަވުމާ މިހާރު މި ދެކެވޭ ވާހަކަތަކާ ގުޅުމެއް ވޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ސްރީލަންކާގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވެފައިވާ ޑރ. ޢަބްދުލްމަޖީދު އަވަހާރަވުމާއި މިހާރު މިދެކެވޭ ވާހަކަތަކާއި އެއްވެސް ގުޅުމެއް ހުރިކަމާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އެބަ ގެންދެއެވެ.

ޑރ. ޢަބްދުލްމަޖީދު އަކީ ޢިލްމވެރިއެކެވެ. ޕީއެޗްޑީ ޙާޞިލުކުރައްވާފައިވަނީވެސް ކީރިތި ޤްރްއާނުގެ ޢިލްމުންނެވެ. އެއިގެ އިތުރުން އެމަނިކުފާނަކީ 4 މަޒުހަބުގެ ޙުކުމްތައް ވަރަށް ރަނގަޅަށް ދެނެވަދައިގަންނަވާ، އިސްލާމް ދީނަށް ލޯބި ކުރެއްވި ޢިލްމުވެރިއެކެވެ. ބިދުޢަ ރާއްޖެއިން ނައްތާލައި ފޮހެލެއްވުމަށް ގަދައަޅުއްވައި މަސައްކަތްޕުޅު ކުރެއްވެވި ޢިލްމުވެރިއެކެވެ.

އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނަވައި ފައުޅުގައި މުންކަރާތްތަކަށް ދެކޮޅު ހައްދަވަން ކެރިވަޑައިގެންނެވި ބޭފުޅެކެވެ. ޒަކާތު ފަންޑުގައި ހުންނަ ފައިސާއަކީ ﷲ ތަޢާލާގެ ހައްޤެއްކަން ޤަބޫލުފުޅު ކުރައްވަވައި ޒަކާތު ފަންޑުގައި ހުންނަ ފައިސާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނޫނީ ބޭނުން ނުކުރުމަށް އަމުރުފުޅު ކުރައްވައި އެކަމަށް އަމަލުފުޅު ކުރެއްވި ބޭފުޅެކެވެ.

މިފަދަ ގިނަ ސިފަތަކެއްގެ އިތުރުން އެމަނިކުފާނަކީ ސިޔާސީ ވެސް ބޭފުޅެކެވެ. އަދި ސިޔާސީ ގޮތުން ދެއްކެވި ވާހަކަފުޅުތައް ވެސް ބިނާ ކުރައްވަވާފައިވަނީ އިސްލާމް ދީނުގެ ޙުކުމްތަކުގެ މައްޗަށެވެ.

ރާއްޖޭގައި މިއަދު އެންމެ ގަދައަށް ދެކެވޭ އެއްވާހަކައަކީ ރާއްޖޭގެ ވެރިކަމަށް އެންމެ ބޮޑު އިލްމުވެރިއަކު ގެނައުމުގެ މުހިންމުކަމުގެ ވާހަކަ ކަމަށްވާއިރު އެގޮތުން ބަލައިފިނަމަ އެކަމަށް އެންމެ ޤާބިލު ބޭފުޅަކީ ޑރ. ޢަބްދުލްމަޖީދު ކަމަށް ވަރަށް ގިނަ ބައަކު އެއްބަސްވެއެވެ.

އެފަދަ ބޭފުޅަކު ރިޔާސީ އިންތިޚާބު އެހައި ކުޑަތަންވެފައިވަނިކޮށް އެހައި ކުއްލި ގޮތަކަށް އަވަހާރަވުމަކީ ސުވާލުތައް ގިނަ ކަމަކަށް މިހާރު މިވަނީ ވެފައެވެ. މިކަންކަން ދިރާސާކޮށް ބެލުމަކީ ހަމަ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ގިނަ ބައަކު ދެކޭއިރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލެވުނު މައްސަލައިގައި ވެސް ގިނަ ސުވާލުތަކަކަށް އަދިވެސް ވަނީ ޖަވާބު ނުލިބި ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް