އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާދުގެ ޝަރީއަތް މާދަމާ 1:00 އަށް ތާވަލުކޮށްފި

ސިޔާދުގެ ޝަރީއަތް މާދަމާ 1:00 އަށް ތާވަލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުން ފެށިގެން އެއްވެސް ކުށެއް ސާބިތުވެސް ނުކޮށް ޖަލު ބަންދުގައި ބަހައްޓައިގެން އަނިޔާދެމުން ގެންދާ ވިލާ ގްރޫޕުގެ އެމްޑީ އިބްރާހީމް ސިޔާދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ 1:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ސިޔާދު ބަންދުކުރިފަހުން 5 މަސްދުވަސްވެފައިވާއިރު ސިޔާދު ކުރެއްވި އެއްވެސް ކުށެއް ސާބިތުކޮށް ނުދެވުމުގެ އިތުރުން ބުއްދިއަށް ޤަބޫލުކުރެވޭ އެއްވެސް ކަމެއް ދައުލަތުގެ ވަކީލުންނަށް ހުށަހެޅިފައި ވެސް ނެތްކަން ޤާނޫނީ ވަކީލުން ފާހަގަކުރައްވައެވެ.

ސިޔާދުގެ މައްޗަށް ޕީޖީ ކުރާ ތުހުމަތުތައް ގެންދަނީ ބަދަލުކުރަމުންނެވެ. ކޮންމެ ގޮތަކުން ނަމަވެސް މީހުން ކުށްވެރިކުރަން ބޭނުންކުރާ ސިއްރު ހެކި ހުށަހެޅުމުގެ އޮއިވަރު މިހާރު ވަނީ ފަށައިފައިކަމަށް ވެސް ޤާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ސިއްރު ހެކި ހުށަހެޅުމާއި ސިއްރުން ހެކި ބަސް ދިނުމާއި ޝަރީއަތް ސިއްރުކުރުމަކީ އިސްލާމީ ޝަރީއަތް ދަންނަ ކަންކަން ނޫން ކަމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް