އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާދު މިނިވަންކުރަން ކޯޓުން އަމުރުކުރުމުން ގިނަ ބައަކު ދަނީ އުފާ ފައުޅުކުރަމުން

ސިޔާދު މިނިވަންކުރަން ކޯޓުން އަމުރުކުރުމުން ގިނަ ބައަކު ދަނީ އުފާ ފައުޅުކުރަމުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ވިލާ ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ގިނަ ބައަކު ުއުފާފައުޅުކޮށް ސިޔާދަށް މަރުޙަބާ ކިޔަމުން އެބަގެންދެއެވެ.

އެންމެންވެސް ގެންދަނީ ބަންދުގައި ސިޔާދު ހުންނެވިއިރު ކުރެއްވި ހިއްވަރުފުޅަށް ތަޢްރީފްކުރަމުންނެވެ. ސިޔާދު ފަދަ ދުވަހަކުވެސް މިބާވަތުގެ ކަމެއް ކުރިމަތިވެވަޑައިގެންފައި ނުވާ އަދި ސިޔާސީ އެއްވެސް ޙަރަކާތެއްގައިވެސް ބައިވެރިވެވަޑައިގެންފައި ނުވާ ބޭފުޅަކު ކުއްލި ގޮތަކަށް ހައްޔަރުކޮށް ޖަލުގެ އެންމެ ދަތި ގޮޅިތަކުގެ ތެރެއިން ގޮޅިއެއްގައި ބަންދުކުރުމުންވެސް ސިޔާދު ވަނީ ވަރަށް ފުރިހަމައަށް ކެތްތެރިކަމާއި ސާބިތުކަން ދައްކަވާފައިކަން އެންމެންވެސް ފާހަގަކުރެއެވެ.

ސިޔާދު ވަނީ ބޮޑު ގޮނޑީގައި އިންނެވިއިރު ދެއްކެވި ހިނިތުންވުން ކުޑަގޮޅިއާއި އަނިޔާވެރި ގޮޅީގައި އިންނަވައިގެންވެސް ދައްކަވައިދެއްވައިފައެވެ.

ކްރިމިނަލް ކޯޓުން ސިޔާދު މިނިވަންކުރަން އަމުރުކުރީ ސަރުކާރުން ހުށަހަޅާނެ ކަމަށް ބުނާ ހެކިތައް ކޯޓަށް ހުށަނުއެޅުމުންނެވެ. ސަރުކާރުން ބުނާ ރިޝްވަތުގެ ފައިސާ ދިންކަމުގެ ސިޓީވެސް މިއަދާއި ހަމައަށް ޕީޖީ އިން ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤަނޫނު އަސާސީގައި މީހުން ބަންދުކުރަން ހުއްދަކުރަނީ ހެކި ލިބިގެން ކަމަށްވީނަމަވެސް ސިޔާދު ބަންދުގައި 162 ދުވަސް ވަންދެން ގެންގުޅެފައިވަނީ ހެކި ލިބޭނެކަމުގެ އުންމީދު އޮވެގެންކަމަށް ވަނީ ބެލެވިފައެވެ. އެއީ ސަރުކާރުގެ ވަކީލުން ސިޔާދާއި ދެކޮޅަށް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ލިޔުންތަކުގެ ތެރޭގައި އަދި މިހައިތަނަށްވެސް ލިބިފައި ނުވާ ހެއްކާއި ލިބޭނެ ވަކިދުވަހެއް ނުއެނގޭ ހެކި ހިމަނާފައިވުމުންނެވެ.

ސިޔާދު މިނިވަންކުރަން ކުރި އަމުރުގައި ސިޔާދުގެ މައްޗަށް ކޮށްފައިވާ ޝަރުޠުތަކުގެ ތެރޭގައި އެޑްރެހާއި ފޯނު ނަމްބަރު ބަދަލުވެއްޖެނަމަ އެކަން ކޯޓަށް އެންގުމާއި މާލެއިން ބޭރަށް ވަޑައިގަންނަވާނަމަ އެކަމުގެ މައުލޫމާތު ކޯޓަށް ދިނުމާއި ކޯޓުން ފޮނުވާ ޗިޓާއި ހަވާލުވެވަޑައިގަތުން ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް