އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާދު ހައްޔަރުކޮށް ސަރުކާރުން ދޭ މެސެޖަކީ ޤައުމުގެ ތަރައްޤީއަށް ޒުވާނުން ބޭނުން ނޫންކަން: ފައިޞަލް

ސިޔާދު ހައްޔަރުކޮށް ސަރުކާރުން ދޭ މެސެޖަކީ ޤައުމުގެ ތަރައްޤީއަށް ޒުވާނުން ބޭނުން ނޫންކަން: ފައިޞަލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ވިލާ ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ސިޔާދު ޤާސިމް ހައްޔަރުކޮށް ސަރުކާރުން ދޭ މެސެޖަކީ ޤައުމުގެ ތަރައްޤީއަށް ޒުވާނުން ބޭނުން ނޫންކަން ކަމަށް ގުޅިފައިވާ ކޯލިޝަނުގެ ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސިޔާދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާތީ ސިޔާދަށް ތާއީދުކޮށް ކޯޓު ސަރަހައްދަށް އެއްވި މީހުންގެ ތެރޭގައި ހުންނަވައިގެން ފައިޞަލް ވިދާޅުވީ ސިޔާދު ހައްޔަރުކޮށް ސަރުކާރުން ދެމުން ގެންދާ މެސެޖަކީ ޤައުމަށް ވަރަށް ނުރަނގަޅު މެސެޖެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންނަށް މިއަދު އޮތީ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވާން މަސައްކަތްކުރުން ކަމަށާއި މިސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތް ނުވެވި ޤައުމުގެ އެއްވެސް ރައްޔިތަކަށް މިނިވަންކަމެއް ނެތް ކަމަށެވެ.

ފައިޞަލް ވިދާޅުވީ ސިޔާދު ހައްޔަރުކޮށް އަނިޔާވެރި ގޮތުގައި ބަންދުގައި ބަހައްޓަމުން ގެންދާއިރު ހަމަ އެފަދަ އަނިޔާވެރިކަމުގައި ޖަލުތަކުގައި 3 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ އެތައް ބައަކު އެބަތިބި ކަމަށެވެ. އަދި ރައްޔިތުން ނުކުމެ މިއަދު ކުރަމުން މިގެންދާ މަސައްކަތަކީ އަނިޔާ ލިބެމުންދާ އެންމެން އަނިޔާއިން ސަލާމަތް ކުރުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް