އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީސީއަށް މިނިވަން ކަމެއް ނެތް - ވޯޓުލުމަށް ހުރަސްއެޅުން ބަލައެއް ނުގަންނަން: ކޯލިޝަން

އީސީއަށް މިނިވަން ކަމެއް ނެތް - ވޯޓުލުމަށް ހުރަސްއެޅުން ބަލައެއް ނުގަންނަން: ކޯލިޝަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ފުލުހުން ބުނެގެން ވޯޓަރސް ލިސްޓަށް ބަދަލު ގެނައުމަކީ އެލެކްޝަންސް ކޮމިޝަން (އީސީ) ގެ މިނިވަންކަން ނެތްކަން އަންގައިދޭ ކަމެއް ކަމަށާއި އެކަން ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ކޯލިޝަނުން ބަލައިނުގަންނަ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިއަދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިއްބެވި ޖޭޕީއަށް ނިޞްބަތްވާ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލި ފުރުޞަތުގައި ވޯޓުލުމަށްޓަކައި ރީރަޖިސްޓަރ ކޮށްފައި ކަމަށެވެ. އަދި ރީރަޖިސްޓަރ ކުރެވުނުކަން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައި ކަމަށެވެ.

ސަމީރު ވިދާޅުވީ އެމީހުންގެ ރީރަޖިސްޓްރޭޝަން މަރުހަލާ ފުރިހަމަކޮށް ލިސްޓުގައި އިއުލާނުކުރި ފަހުން ވޯޓުލުމުގެ ޙައްޤު ފުލުހުންގެ އެދުމަކަށް ނިގުޅައިގަތުމަކީ ޤާނޫނު އަސާސީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

ސަމީރު ވިދާޅުވީ މިއީ 1 ނަމްބަރު ކެންޑިޑޭޓަށް ކުރި ހޯދައި ދިނުމަށާއި 2 ނަމްބަރު ކެންޑިޑޭޓަށް ލިބެންހުރި ވޯޓުތަކަކަށް ހުރަސް އެޅުމަށް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ޤާނޫނާއި ޚިލާފަށް ރައީސް ޔާމީނު ހިންގަވަމުން ގެންދުވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ.

ސަމީރު ވިދާޅުވީ ރައީސް ޔާމީނަށް އިންތިޚާބު ރައްޔިތުންގެ ވޯޓުން ކާމިޔާބު ނުކުރެއްވޭނެކަން މިހާރުވެސް ވަރަށް ރަނގަޅަށް ޔަޤީން ކުރެއްވޭނެ ކަމަށާއި މިފަދަ ޤާނޫނާއި ޚިލާފް ކަންކަން ކުރައްވަމުން އެގެންދަވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

ސަމީރު ވިދާޅުވީ ވޯޓު ލުމުގެ ހައްޤު ލިބިގެންވާ އެންމެ ރައްޔިތަކަށްވެސް ވޯޓު ނުލެވޭނެ ގޮތް ނުހެދޭނެ ކަމަށާއި އެއީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ހައްޤެއް ކަމަށެވެ.

ސަމީރުގެ ވާހަކަފުޅު (އޯޑިއޯ):

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް