އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޮވެމްބަރު 11 ވަނަ ދުވަހަކީ ދިވެހިންނަށް އުފާވެރި ޢީދަކަށް ހަދަން ރައްޔިތުން ބޭނުންވޭ: ޑރ. މަޢްޞޫމް

ނޮވެމްބަރު 11 ވަނަ ދުވަހަކީ ދިވެހިންނަށް އުފާވެރި ޢީދަކަށް ހަދަން ރައްޔިތުން ބޭނުންވޭ: ޑރ. މަޢްޞޫމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ދިވެހިންނަށް އުފާވެރި ޢީދަކަށް ހަދަން ރައްޔިތުން ބޭނުންވާ ކަމަށާއި ކޯޓުތަކަށް ހުށަހަޅައިގެން ނަމަވެސް ރައްޔިތުން އެ ހައްޤު ހޯދާނެ ކަމަށް ޖޭޕީގެ ނައިބް ރައީސް ޑރ. ޢަބްދުﷲ މަޢްޞޫމް ވިދާޅުވެއްޖެއެވެ.

ޑރ. މަޢްޞޫމް ވިދާޅުވީ ރައްޔިތުން ތިބީ އުފާކުރާނެ ޢީދަކަށް ވަރަށް ބޮޑަށް އެދިގެން ކަމަށާއި އެޢީދު ދުވަހަކީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސްކަމުގައި ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. "ރައްޔިތުންނަށް އުފާކޮށްލާނެ ޢީދެއް ނުލިބި 5 އަހަރު މިދިއައީ."

"ރައްޔިތުންގެ ކުރިމަތީގާ ބަލި ޤަބޫލުކުރެއްވުމަށްފަހު މުޒާހަރާއަށް ނުކުމެވަޑައިގެން އެ ބަސްފުޅު ބަދަލުކުރެއްވީމަ، އިތުބާރު ގެއްލިފައިވާ ރައީސެއްގެ އިތުބާރު އިތުރަށް ގެއްލިއްޖެ. ދެންވެސް ކިރިޔާވެސް ރަނގަޅު ގޮތަކަށްވާނީ، ރައްޔިތުން ޝުކުރިއްޔާއޭ ބުނެލާނީ ވެސް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ނޮވެމްބަރު 11 ގަ ހުވާ ކުރެއްވޭ ގޮތަށް އަމިއްލަފުޅަށް އިސްނަންގަނައިގެން ކަންކަން އިންތިޒާމުކޮށްދެއްވުން."

ޑރ. މަޢްޞޫމް ވިދާޅުވީ އެ ފުރުޞަތު ރައީސް ޔާމީން ފަހިކޮށް ނުދެއްވައިފިނަމަ ކޯޓުތަކަށް ހުށަހަޅައިގެން ނަމަވެސް އެކަން ހަމަޖައްސަން މަސއްކަތް ކުރާނެ ކަމަށެވެ. "2013 ވަނަ އަަހރު ސްޕްރީމް ކޯޓުން ކުރި ޙުކުމުންވެސް ރިޔާސީ ދައުރު ވަރަށް ސާފު. އެވަގުތު ކުރިމަތިވެފައި އޮތް މައްސަލައެއްގެ ސަބަބުން 17 ވަނަ ދުވަހު ހުވާ ކުރެއްވުމުގެ ހުއްދައެއް ދެއްވީ."

ޑރ. މަޢްޞޫމް ވިދާޅުވީ ރައްޔިތުންގެ މެދުގައި ހިތްހަމަ ނުޖެހުން އުފެދިފައި އެބައޮތް ކަމަށާއި އެކަން މެދުވެރިވެފައިވަނީ އިންޞާފު ނުލިބުމުގެ މައްސލަތައް ހުރުމުން ކަމަށެވެ. "23 ސެޕްޓެމްބަރުގައި ލީ ވޯޓަށްފަހު އެކަންކަން ވެސް މިދަނީ ހަމަޖެހެމުން. ގިނަ ދިމާތަކަކުން މިއަންނަނީ އިންޞާފު ލިބެމުން. އިންޞާފު ލިބެން ފަށާފަ މިހާރު މިވަނީ."

ޑރ. މަޢްޞޫމް ވިދާޅުވީ ޕީޕީއެމްގެ އެކްޓިވިސްޓުންނާއި މަޖިލިސް މެންބަރުންވެސް އިންތިޚާބީ ރައީސްއަށ މަރުޙަބާ ދަންންވައިފި ކަމަށާއި ސަރުކާރުގެ އިދާރާ ތަކުން ގެންދަނީ މަރުޙަބާ ކިޔަމުން ކަމަށެވެ. އެހެންކަމުން ބަލި ޤަބޫލު ނުކުރައްވާ ހަމަ އެކަނި ބޭފުޅަކީ ރައީސް ޔާމީނު ކަމަށާއި އެމަނިކުފާނުވެސް ވަރަށް އަވަހަށް ބަލި ފުރިހަމައަށް ޤަބޫލުކުރައްވައި އެކަން ކުރައްވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް