އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިރި ރިސޯޓުތަކުން އުކާލާ ކުނިން ކިނޮޅަހު ގޮނޑުދޮށް ގޮނޑުވަނީ!

ކައިރި ރިސޯޓުތަކުން އުކާލާ ކުނިން ކިނޮޅަހު ގޮނޑުދޮށް ގޮނޑުވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ކައިރީގައި އޮންނަ ރިސޯޓުތަކުން އުކާލާ ކުނި، ރ. ކިނޮޅަހު ގޮނޑުދޮށަށް ލައްގާ އެރަށުގޮނޑުދޮށް ގޮނޑުވަމުންދާ މައްސަލައިގައި ރައްޔިތުން ކަންބޮޑުވެއްޖެއެވެ.

ރިސޯޓުތަކުން އުކާލާ ކުނި އެންމެ ބޮޑަށް ލައްގަނީ، އެރަށު އުތުރު ފަރާތު ގޮނޑުދޮށަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މީގެ އިތުރުން މި ގޮނޑުދޮށަކީ ރަށުގެ ގިނަ ބަޔަކު ޕިކްނިކް ހަދާލައި މަޖާކޮށްލަން އެންމެ ބޮޑަށް ގޮސް އުޅޭ މަންޒިލްކަން ވަނީ ފާހަގަކުރެވިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ކިނަޅޮހު ކައުންސިލުން ވަނީ އެރަށުގައި ކުނި އުކާލުމަށް ވަކި އުސޫލެއް ކަނޑައަޅާފައެއެވެ. އެހެންކަމުން އެ އުސޫލުތަކާއި ގަވައިދުތަކާއި ހިލާފުވާ ފަރާތަކަށް އަދަބު ދޭތީ ރަށުގެ ރައްޔިތުން ރަށު ތެރެއާ ގޮނޑު ދޮށަށް ކުނި އުކުން ވަނީ ހުއްޓާލާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކޮންމެ ގޭބިސީއަކުން 100 ރުފިޔާ ނަގައިގެން ކުނި އެންމެ ރައްކާތެރި ގޮތުގައި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރަށު ކައުންސިލުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް