އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމް ފުރިހަމައަށް މަޖިލިސް ރިޔާސަތު ބަލަހައްޓަވާނެ ކަމާއިމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވެ ޤާސިމަށް، ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ.

ޤާސިމް ފުރިހަމައަށް މަޖިލިސް ރިޔާސަތު ބަލަހައްޓަވާނެ ކަމާއިމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވެ ޤާސިމަށް، ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ޖޭޕީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ފުރިހަމައަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ކަމާއިމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވެ ޤާސިމް އިބްރާހީމަށް ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

"ގުޅިފައިވާ ޕާޓީތަކުގެ މަޖލިސް މެންބަރުން ވަނީ ޖޭޕީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ވޯޓު ދެއްވުމަށް އެއްބަސްވެލައްވާފަ. އޮނަރަބްލް ޤާސިމް އިބްރާހީމް ފުރިހަމައަށް މަޖިލިސް ރިޔާސަތު ބަލަހައްޓަވާނެ ކަމާއިމެދު އަޅުގަނޑު ޝައްކެއް ނުކުރަން. މަރުޙަބާ އޮނަރަބްލް ޤާސިމް އިބްރާހީމް!"

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވިކަން ޤާސިމް އިބްރާހީމް ވަނީ ރައްޔިތުންނަށް ސާބިތުކޮށް ދެއްވަވައިފައެވެ. ފެހި ޤާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް ކަމާއި އެމަނިކުފާނު ޙަވާލުވެ ވަޑައިގަތީ 3 އަހަރުވީއިރުވެސް ލިޔާނެ ހަމަ އެންމެ އަކުރެއްވެސް ޑްރާފްޓް ނުކުރެވި އޮއްވައެވެ. އެމަނިކުފާނުވަނީ އަހަރަކާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ޤާނޫނު އަސާސީ އެކުލަވާލައްވައި ނިންމަވައިފައެވެ.

އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ އެއް ކަމަކީ އެމަސައްކަތް ކުރެވިގެންދިއައީ ވަރަށް ވާދަވެރި ދެފިކުރެއްގެ މެދުގައި ކަމަށްވުމުގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ އެއިރު އޮތީ، ޤާނޫނު އަސާސީ އެކުލަވައިލަން އެއިރު ކުރެވުނު މަސައްކަތްތަކާއި އެއްކޮޅު ފިކުރެއްގައި ނޫންކަމެވެ.

އެފަދަ މާހައުލެއްގެ ތެރެއިން އެ މަސައްކަތްތައް އެހައި އަވަހަށް ކުރައްވައި ނިންމެވުމުން "އެއީ ދެވަނަ ބޭފުޅަކަށް ކުރެއްވޭނެ މަސައްކަތެއް ނޫން" ކަމަށް ގިނަ ބައަކު ވަނީ ބުނެފައެވެ. އެއިގެ ތެރޭގައި ޤާސިމް އިބްރާހީމްގެ ސިޔާސީ ވާދަވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގެ ރައީސް ކަމަށް ޤާސިމް އިބްރާހީމް ގެނައުމަށް ކޯލިޝަނުގެ ޕީޖީ ގްރޫޕުން ނިންމީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައެވެ. އަދި އެނިންމުން އިއުލާނު ކުރެއްވީވެސް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް