އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނަސް މަރާލުމުން ލައިގެން ހުރި ޓީޝާޓު ރައީސް ޔާމީނު ކުށްވެރި ކުރެއްވި އަޑު ޑިފެންސް މިނިސްޓަރަށް އިވިވަޑައިގެންނެވިބާ!

އަނަސް މަރާލުމުން ލައިގެން ހުރި ޓީޝާޓު ރައީސް ޔާމީނު ކުށްވެރި ކުރެއްވި އަޑު ޑިފެންސް މިނިސްޓަރަށް އިވިވަޑައިގެންނެވިބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

ޑިފެންސް މިނިސްޓްރީއަކީ ތަހްޤީޤީ އިދާރާއެއް ނޫނެވެ. ނަމަވެސް ފުލުހުން ބޭނުންވުމުން އަބަދުވެސް އެ މިނިސްޓްރީން ގެންދަނީ އެހީތެރި ވަމުންނެވެ. މަގުމަތީގައި ފޯރިވެސް މަރައިދެމުންނެވެ. ޓްރެފިކް ވެސް ބަލަހައްޓައިދެމުންނެވެ. ރައްޔިތުންގެ މޫނަށް ޕެޕަރ ސްޕްރޭ ވެސް ޖަހައިދެމުންނެވެ. ފޯރުކޮށް ނުދެނީ ކޮން ޚިދުމްތެއްކަން ބުނަން އުނދަގުލެވެ.

 

ރައްޔިތުންގެ މަޖިލިސް ކުރާގޭގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ ނަމުގައި އެމްއެންޑީއެފުގެ މުވައްޒިފުން ލައްވައި އަހަރަކަށްވުރެ ގިނަ ދުވަހު ކުރި ކަންތައްތަކާއިމެދު މިއަދު މިވަނީ ޤާނޫނީ ސުވާލު ތަކެއް އުފެދިފައެވެ. ސްޕްރީމް ކޯޓުން 12 މެންބަރުންގެ މައްޗަށް ކުރި ޙުކުމުންނެވެ. 

 

އަނިޔާވެރި ގޮތުގައި ރ. މީދޫ އަނަސް މަރާލުމުން ލައިގެން ހުރި ޓީޝާޓު ރައީސް ޔާމީނު ކުށްވެރި ކުރެއްވި އަޑު އިވުނު ހިސާބުން ފެށިގެން އެ މައްސަލައަށް ސިޔާސީ ނުފޫޒު ވަން މިންވަރު ރައްޔިތުންނަށް އެނގުނެވެ. ނަމަވެސް އެއަޑު ޑިފެންސް މިނިސްޓަރަށް އިވިވަޑައިގެންނެވި ކަމާއިމެދު މިހާރު ތިއަ ވިދާޅުވާ ވާހަކަފުޅުތަކުން ސުވާލު އުފެދެއެވެ.

 

އަނަސްގެ މަރުގެ މައްސަލަ ކުރިއަށް ނުގެންދެވި އޮތީ ސިޔާސީ ނުފޫޒުން ކަމަށްވާނަމަ އެކަން މެދުވެރިވެފައި އެވަނީ މަނިކުފާނު ވަޒީރުކަން ކުރައްވާ ރައީސް ޔާމީނުގެ ސަރުކާރުން ނޫންކަމަށް ޤަބޫލުކުރަން ރައްޔިތުންނަށް އުނދަގޫވާނެއެވެ.

 

އާދަމް ޝަރީފްގެ ކިބައިގައި އިޚްލާޞްތެރިކަން އެއްވެސް ވަރަކަށް ހުރިނަމަ އަނަސްގެ މަރުގެ މައްސަލަ ކުރިއަށް ނުގެންދެވި އޮތީ މިސަރުކާރުންގެ ސިޔާސީ ނުފޫޒުން ކަމަށް ސީދާ ވިދާޅުވުމުން މައްސަލަ އިތުރަށް އޮޅުންފިލާނެއެވެ. އެގޮތަށް ވިދާޅުވާން ބޭނުންފުޅު ނޫންނަމަ ކާކުގެ ނުފޫޒުން ކަމަށް ވިދާޅުވުން ރަނގަޅުވާނެއެވެ. އެކަމުގެ ޙަޤީޤަތް މަނިކުފާނަށް އެނގިވަޑައި ނުގަންނަވާނެ ކަމަށް ޤަބޫލުކުރުމަކީވެސް ކުރަން އެހައި އުނދަގޫ ކަމެކެވެ. 

 

އާދަމް ޝަރީފު ފޭސްބުކުގައި ކުރެއްވި ޕޯސްޓް:

 

"ކޮރަޕްޝަނަކީ ހަމައެކަނި ފައިސާގެ ހިޔާނާތް ނޫން. ބަޣާވާތް ކުރުމާއި މަގާމާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ވެސް ކޮރަޕްޝަނެއް. ކޮރަޕްޝަންގެ އެ ވާހަކަތައް ދައްކާތީ ބައެއް މީހުން ކަންބޮޑުވަނީ ކީއްވެ؟

 

މީގެ ހަ އަހަރު ކުރިން މަރާލާފައިވާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅޭ މައުލޫމާތު އެނގޭ މީހުން އެ ވާހަކަތައް ނުދައްކާ ތިބެނީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތީބާ؟ އެފަދަ ވާހަކަތައް ހާމަކުރާނަމަ އެފަދަ ގޮތަކަށް މަރާލާފައިވާ ރ. މީދޫ އަނަސް ފަދަ އެތައް ބައެއްގެ އިންޞާފު ހޯދަން ފަސޭހަވާނެ. މީހުން މެރުމުގެ އިންޞާފު ނުލިބެނީވެސް އަދި އިންޞާފު ލިބުން ލަސްވަނީވެސް ކޮރަޕްޝަނާއި ނުފޫޒު ވަންނާތީ!" "

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް