އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 އަހަރުވަންދެން އަޅުވެތިވެ އަނގަ ބަންދުކޮށްގެން ތިބި މެންބަރުން އިސްތިއުފާ ދޭން ޢާޒިމް ގޮވާލައްވައިފި

4 އަހަރުވަންދެން އަޅުވެތިވެ އަނގަ ބަންދުކޮށްގެން ތިބި މެންބަރުން އިސްތިއުފާ ދޭން ޢާޒިމް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިޚާބުކުރީ މިނިވަން މެންބަރުން ކަމަށާއި ނަމަވެސް 4 އަހަރު ފާއިތުވިފަހުން "މިނިވަންކަމާއިއެކު ވާހަކަ ދެއްކުމުގެ ފުރުޞަތު މިއަދު ލިބިއްޖެ" ކަމަށް ބުނުމަކީ މެންބަރުން ދައްކަން ލަދުވެތި ވާހަކައެއް ކަމަށާއި އެހެންކަމުން އެ މެންބަރުންނަށް މިއަދު ޖެހޭނީ އިސްތިއުފާދީފައި ގެއަށް ދާން ކަމަށް އާދަމް ޢާޒިމް ވިދާޅުވެޖެއެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢާޒިމް ސަންގުޓީވީގައި

މިރޭ ވިދާޅުވީ ޤައުމުގެ ހުރިހާ ކަމެއް ބޮއްސުންލައިގެން ގޮސް ރައްޔިތުން އަޅުވެތިވެ މުޅި ޤައުމުގައި އަނިޔާވެރިކަން ޢާންމުވެގެން ދިއައިރު އަނގައިން އެންމެ ކުޑަމިނުން ބަހެއް ބުނަން ނުކެރުނު އެ މެންބަރުން މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލައްވާ ކަމަށެވެ.  

ޢާޒިމް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އަޑުއުފުއްލަވަމުން ގެންދެވީ ކޮންމެ ވަގުތަކު ނަމަވެސް ޖަލަށް ލައިފާނެ ކަމުގެ ބިރުވެރިކަމުގައި ހުންނަވައިގެން ކަމަށެވެ. ނަމަވެސް މިނިވަންކަން ހޯއްދެވުމަށް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް އެކަމަށް ޖެހިލުންވެވަޑައި ނުގެން ހުންނަވައި ކަމަށެވެ.  

"މަޖިލިސް މެންބަރުންނަކީ އެތައް ބައިވަރު އިމްތިޔާޒް ތަކެއްވެސް ލިބިގެން ތިބޭ ބައެއް. ދެން 4 އަހަރު ފަހުން މިއަދު މަޖިލީހަށް ގޮސް މިއަދު މިނިވަންކަން ލިބިޖެކަމަށް ބުނުމަކީ މޮޅު ވާހަކައެއް ނޫން. އެއީ ލަދުވެތިވާހަކައެއް. އެހެންވީމާ އެއީ މިހާރު ރައްޔިތުން ކުރިމަތީގައި އެއްވެސް މީހުނެއް ނޫން."

އާދަމް ޢާޒިމް ވިދާޅުވީ މަޖިލީހަށް މިފަހަރު މެންބަރުން ހޮވުމުގައި މިކަން ކަމަށް ރައްޔިތުން ބަލަންޖެހޭނެ ކަމަށެވެ. ރައްޔިތުންގެ ޙައްޤުގައި ޤްރްބާންވީ ކޮން މެންބަރުންތަކެއްކަން ބަލަން ޖެހޭ ކަމަށެވެ. އަދި މިއަދު ލިބިފައިމިވާ މިނިވަންކަން ލިބިފައި މިވަނީ މިނިވަންކަން ހޯދަން ރައްޔިތުން އެކުގައި ނުކުމެ ހުރިހާ ރައްޔިތުން ކުރި މަސައްކަތުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް