އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ވަޒީފާތަކަށް ބިދޭސީން ގެންނަމުން މިދަނީ ހަމަ ދިވެހިން ނުލިބިގެންތޯ؟

ސަރުކާރުގެ ވަޒީފާތަކަށް ބިދޭސީން ގެންނަމުން މިދަނީ ހަމަ ދިވެހިން ނުލިބިގެންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ދިވެހި ސަރުކާރާއި ސަރުކާރު ބައިވެރިވާ އަދި ސަރުކާރުން ވެރިން ލައިގެން ހިންގާ ކުންފުނިތަކަށް ބިދޭސީން ގެންނަމުން ގެންދަނީ ހަމަ މަސައްކަތްކުރާނެ ދިވެހިން ނުލިބިގެން ކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ.

އެއީ ބައެއް އޮފީސްތަކާ ކުންފުނިތަކުގެ ތަކެތި ބަހަން ބޭރު މީހުން ގެންގުޅޭއިރު ބައެއް އޮފީސްތަކާއި ކުންފުނިތަކުގައި ހަމަ އެ މަސައްކަތްކުރާނީ ދިވެހިން ކަމުގައިވާތީއެވެ. އެހެންކަމުން ހަމައެއް ސަރުކާރެއްގެ ތެރެއިން މިކަންކަން ކުރެވެމުން މިދާ ގޮތާއިމެދު ގިނަ ބައަކަށް ވަނީ އޮޅުންތައް އަރައިފައެވެ.

2019 ވަނަ އަހަރު ފާހަގަކުރި ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ބައެއް ވާހަކަފުޅުތަކުގެ ހަނދާން އައުކޮށްލުން ރަނގަޅުކަން ފާހަގަކުރެވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވެއެވެ. "ޙަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫން ކަމަށާއި އެއްވެސް މަސައްކަތަކީ ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ކަމަށް ޤަބޫލުކޮށް މަސައްކަތް ނުކޮށް ނުތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ޢާންމު ކުރެއްވެވި ޚިޠާބުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާޢީ ވާޖިބެއް ކަމަށާއި އެވާޖިބު އަދާކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެއް ނަމަވެސް ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ، މަސައްކަތެއް ނުކޮށް، ދެއަތް އުރާލައިގެން ތިބި އެތައް ޒުވާނުންނެއް، މިހާރުވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެކަން އެހެން އޮތްއިރު، ތަފާތު މަސައްކަތްތައް ކުރުވުމަށް، ކޮންމެ އަހަރަކު އެތައް ހާސް ބިދޭސީންނެއް ރާއްޖެއަށް އެބަ ގެންނަ ކަމަށެވެ." ސުވާލަކީ ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކުގައި ބިދޭސީން ގެންގުޅެނީ ހަމަ އެ މަސައްކަތްކުރާނެ ދިވެހިން ނުލިބިގެންތޯއެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް