އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު ރާއްޖޭގެ މައި މުންނާރުގެ އަޑަށްވީ ގޮތަކާއިމެދު ގިނަ ބައަކު ކަންބޮޑުވޭ!

ރަމަޟާން މަހު ރާއްޖޭގެ މައި މުންނާރުގެ އަޑަށްވީ ގޮތަކާއިމެދު ގިނަ ބައަކު ކަންބޮޑުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

"ރާއްޖޭގެ މައި މުންނާރަކީ ހުކުރު މިސްކިތުގެ މުންނާރު ކަމަކަށް މިހާރަކު ނުބެލެވެއެވެ. މިހާރު މައި މުންނާރަކީ އިސްލާމީ މަރުކަޒުގެ މުންނާރެވެ. އެ މުންނާރުގެ އަޑު ފަނޑުވުމަކީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެކެވެ. 

1440 ވަނަ އަހަރާއި ހަމައަށް އިސްލާމީ މަރުކަޒުގެ މުންނާރުން އައީ ތަރާވީޙް ނަމާދުގެ އަޑު އިއްވަމުންނެވެ. 1441 ވަނައަހަރަކީ ކޮރޯނާ އާއި ހުރެ ތަރާވީޙް ނަމާދު މިސްކިތުގައި ނުކުރެވުނު އަހަރެވެ. 1442 އައިއިރު މާތް ﷲ މިވަނީ ޙާލަތު ބަދަލުކޮށް ދެއްވަވައިފައެވެ. މިސްކިތުގެ ޖަމާޢަތުގައި ތަރވީޙް ނަމާދު އެބަކުރެވެއެވެ. ނަމަވެސް މަރުކަޒުގެ މުންނާރު، ޜާއްޖޭގެ މައި މުންނާރު އެހެރީ ހަމަ 1441 ވަނަ އަހަރު ހުރި ޙާލަތުގައެވެ. ތަރާވީޙް ނަމާދުގެ އެއްވެސް އަޑެއް ނެތިއެވެ."

"ތަރާވީޙް ނަމާދުގެ އަޑު ގުގުމައިލުމަކީ ރަމަޟާން މަސް ބައްދަލުވެއްޖެކަން އަންގައިދޭ ކަމެކެވެ. މުސްލިމުންގެ ހިތްތަކަށް އުފާވެރިކަމާއި ދިރުން ގެނެސްދޭ ކަމެކެވެ. އެ ބޮޑު އުފާވެރިކަމުން މިއަހަރު މިވަނީ މަޙްރޫމްވާންޖެހިފައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ." 

"ހަމައެކަނި ސައުންޑުގެ މައްސަލަ ހުރީ މަރުކަޒުގެ މުންނާރަކު ނޫނެވެ. ރޭ ބޭއްވި އިޙްޔ ފޯރަމްގެ އަޑު މަރުކަޒުގެ ހޯލުތެރެއަށްވެސް ވަރަށް މަޑެވެ. ގޮސްތިބި އެންމެންނަށް އަޑުއިވުނުކަމާއިމެދުވެސް ޝައްކެވެ." 

"އަނެއްކާ މިއީވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވެގެން އުޅޭކަމެއް ނޫންބާވައެވެ! ނަމާދާއި އިޙްޔާ ފޯރަމްގެ އަޑުގަދަކުރުމަކީ ކޮރޯނާ ރުޅިގަދަވެ ފެތުރިގަންނަ ކަމަކީ ބާވައެވެ! ޙަޤީޤަތް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ! ކަންކަން މިފެންނަނީ ދުވަހަކުވެސް އުންމީދުކުރި ގޮތަކަށް ނޫނެވެ." 

މިއީ ބައެއް ރައްޔިތުންގެ ޝުޢޫރުތައް ހުރިގޮތެވެ! އިސްލާމް ދީނުގެ ކަންކަން ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތްތައް މިހާރު އޮތް ޙާލަތާއިމެދު ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

މަރުކަޒުގެ މުންނާރުން ތަރާވީޙް ނަމާދުގެ އަޑު ދުރަށް ނުފޮނުވާ ސަބަބު އޮޅުން ފިލުންވަން މިއަދުނޫހުން ކުރި މަސައްކަތުން ވަނީ ސަބަބު އޮޅުންފިލާނެ ގޮތް ނުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް