އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިތުރު ޢީދު ދުވަހަކީ ބުރާސްފަތި ދުވަސް

ފިތުރު ޢީދު ދުވަހަކީ ބުރާސްފަތި ދުވަސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

މިއަހަރުގެ ފިތުރު އީދު ދުވަހަކީ ބުރާސްފަތި ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޝާއްވާލްކަމުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާއަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހްމަދު ޒާހިރު ވިދާޅުވީ: 

"1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ 29 ވަނަދުހުގެ އިރު އޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ އަހަރުގެ ޝައްވާލްމަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ، ރަމަޟާންމަހާއި ޝައްވާލްމަހުގެ ހަނދު ސާބިތުކުރަން ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެމަތިން، މާދަމާ (މީލާދީ ސަނަތުން 2021 ވަނަ އަހަރުގެ މެއިމަހުގެ 12 ވާ ބުދަދުވަހަކީ 1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، މިހިނގާ މެއިމަހުގެ 13 ވާ ބުރާސްފަތި ދުވަހަކީ 1442 ވަނަ އަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅައިފީމެވެ"

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ