އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގާޒާގެ އެ އިމާމް/ޙާފިޡް ޝަހީދުވެ އެވަޑައިގަތީ ސުވަރުގެއަށްކަމަށް ޤަބޫލުކުރެވިދާނެ ބައެއް ކަންކަން-

ގާޒާގެ އެ އިމާމް/ޙާފިޡް ޝަހީދުވެ އެވަޑައިގަތީ ސުވަރުގެއަށްކަމަށް ޤަބޫލުކުރެވިދާނެ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އޭނާއަކީ ޙާފިޡެކެވެ. އިމާމެކެވެ. އިމާމް ފަރުޟު ނަމާދުގެ އިތުރުން ރަމަޟާން މަހުގެ ރޭތަކުގައި އިމާމްވެ ތަރާވީޙް ނަމާދުކުރެއްވެވިއެވެ. ޢީދު ދުވަހު އިމާމް މިސްކިތަށް ވަޑައިގަތީ މެންދުރު ނަމާދަށެވެ. އެއީ ޢީދު ދުވަސްކަމަށްވުމުން މެންދުރު ނަމާދަށްފަހުގައިވެސް ކުޑަކުދިންނަށް ހަދިޔާ ބެއްސެވިއެވެ. 

ޝަހީދުވީ އެނބުރިގެއަށް ވަޑައިގަތް މަގުމަތީގައި ދިން ބޮމުގެ ޙަމަލާއެއްގައެވެ. 

ޙާފިޡްގެ ޢަމަލުފުޅުތަކަށް ބަލައިލުމުން ފެންނަންހުރީ ރަމަޟާން މަހު ކުރެއްވެވި ހެޔޮ ޢަމަލުފުޅުތަކެވެ. އެންމެ ހެޔޮ ޢަމަލުފުޅުތަކެވެ. ނަމާދާއި ތަރާވީޙް ނަމާދު އިމާމްވެ ކުރެއްވެވިއެވެ. ޢީދު ދުވަހު ވެސް އެހުންނެވީ ފަރުޟާއި ސުންނަތް އަދާކުރެއްވުމުގައެވެ. 

މިފަދަ ކަންކަމަށް ބެލުމުން ހާފިޡްއަށް އެލިބިވަޑައިގަތީ ސުވަރުގެކަމަށް އުންމީދުކުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އެއީ އެންމެ ހެޔޮ ޢަމަލުކުރައްވާ ބޭކަލަކުކަމުގައިވެފައި ހެޔޮ އަމަލުކުރެއްވެވުންމަތީގައި ޝަހީދުވުމުންނެވެ. 

މަރްހޫމްގެ ފުރާނައަށާއި ޝަހީދުވަމުންދާ ފަލަސްޠީނުގެ ހުރިހާ ރައްޔިތުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރުކުރައްވަވާށި! އާމީން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް