އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްދުފަހަނައަޅާފައިވާ ޔަހޫދީން އަލްޖަޒިރާގެ ނޫސްވެރިޔާ މަރާލުމުން ދުނިޔެ ކަންބޮޑުވެއްޖެ! މިއީ އެމެރިކާއިން ފައިސާ ދީގެން ހިންގުވާ ޖަރީމާތައް ކަމަށްވެސް ބުނަން ފަށައިފި!

ހައްދުފަހަނައަޅާފައިވާ ޔަހޫދީން އަލްޖަޒިރާގެ ނޫސްވެރިޔާ މަރާލުމުން ދުނިޔެ ކަންބޮޑުވެއްޖެ! މިއީ އެމެރިކާއިން ފައިސާ ދީގެން ހިންގުވާ ޖަރީމާތައް ކަމަށްވެސް ބުނަން ފަށައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ހައްދުފަހަނައަޅާފައިވާ ޔަހޫދީން އަލްޖަޒިރާގެ ނޫސްވެރިޔާ ޝީރީން މަރާލުމުން ދުނިޔޭގެ ގިނަ ޤައުމުތަކާ ޖަމާއަތްތަކުން ކަންބޮޑުވެ،  މިއީ އެމެރިކާއިން ފައިސާ ދީގެން ހިންގުވާ ޖަރީމާތައް ކަމަށްވެސް ބުނަން ފަށައިފިއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކޮންމެ ދުވަހަކުހެން ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރަމުންގެންދާއިރު އެކަމަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ކޮންމެ އަހަރަކު 3.8 ބިލިއަން ޑޮލަރު ޔަހޫދީންނަށް ދެއެވެ. މިފައިސާ ހޯދަނީ ޢަރަބިންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފައްދުވައި، ހަނގުރާމަތައް ކުރުވައިގެންނެވެ. ޢަރަބި ޤައުމުތަކަށް ހަތިޔާރު ވިއްކައިގެންނެވެ. 

މިކަމުން އެނގެނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކޮންމެ ދުވަހަކު މުސްލިމުން ޝަހީދުކޮށް، އަދި މުސްލިމުންގެ ގެދޮރު ތަޅާސުންނާފަތިކުރަމުން އެގެންދަނީ ހަމަ މުސްލިމުންގެ ފައިސާއިންކަމެވެ. މުސްލިމް ޤަުމުތަކުގެ ވެރިކަމުގައި ތިބި ޚުދުމުތާރުވެރިން ތިބީ އެމެރިކާއަށް އަޅުވެތިވެ އަނގައާއި އަތް ބަންދުވެފައެވެ. 

ރާއްޖެ އަނގަ ހުޅުވައެވެ. ނަމަވެސް އިޒްރޭލުގެ މުދައު އެތެރެކުރާތީ ރާއްޖޭގެ ސަބަބުންވެސް އިޒްރޭލަށް އެދަނީ އާމްދަނީ އިތުރުވަމުންނެވެ. އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ޗުއްޓީ ހޭދަކޮށްލަން އަންނަ އަމާން މަންޒިލަކަށްވެސް ރާއްޖެވަނީ ވެފައެވެ. 

"އިޒްރޭލް ސިފައިން، އަނިޔާވެރިގޮތެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން ބަޑިޖަހައި މަރާލުމަކީ އިންސާނިއްޔަތުކަމާ ޚިލާފު ޢަމަލެއް. ދުނިޔޭގެ އެންމެހާ ނޫސްވެރިން މިއަނިޔާވެރި ޖަރީމާ ކުށްވެރިކުރަންޖެހޭ." ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ޝީރީންގެ ޖަނާޒާގެ ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް