އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީރާނުގެ ޚާރިޖީ ވަޒީރު އިސްރާއީލަށް: ވަގުތު ފާއިތުނުވަނީސް ޖަރީމާތައް ހުއްޓާލާ، ނޫނީ "ވަރުގަދަ ބިންހެލުމެއް އަންނާނެ"

އީރާނުގެ ޚާރިޖީ ވަޒީރު އިސްރާއީލަށް: ވަގުތު ފާއިތުނުވަނީސް ޖަރީމާތައް ހުއްޓާލާ، ނޫނީ "ވަރުގަދަ ބިންހެލުމެއް އަންނާނެ"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ވަގުތު ފާއިތު ނުވަނީސް އިސްތިއުމާރީ އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ.

ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި މިވަގުތު ހުންނެވި އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު-އަބްދުﷲހިއަން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓާނުލައިފިނަމަ، އަދި ހިޒްބުﷲ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރިގެން ހިނގައިދާނެ ކަމަށެވެ.

އެގޮތަށް ކަން ހިނގައިފިނަމަ އިސްރާއީލަށް "ބިޔަ ބިންހެލުމެއް" އަންނާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު-އަބްދުﷲހިއަން ވިދާޅުވީ، އޭނާ ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲއާ ބައްދަލު ކުރެއްވި ކަމަށާއި، ހަނގުރާމައެއް ކުރަންޖެހިދާނެކަމަށް ހިޒްބުﷲއިން ހުރިހާ މާނައެއްގައި ތައްޔާރީތައް ވެފައިވާ ކަމަށެވެ.

އެހެންކަމުން، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު-އަބްދުﷲހިއަން ވިދާޅުވީ، ހިޒްބުﷲއިން ހަނގުރާމައެއް ކުރުމަށް ވެފައިވާ ތައްޔާރީތައް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާ ކަމަށާއި، ހިޒްބުﷲއިން އަޅާ އެންމެ ފިޔަވަޅަކުން ޒަޔަނިސްޓު ދައުލަތަށް ބިޔަވެގެންވާ ބިންހެލުމެއް އަންނާނެ ކަމަށެވެ.

"ހަނގުރާމައިގެ މުޖުރިމުންނާއި، އެމީހުންނަށް ތާއީދުކުރާ ފަރާތްތަކަށް އަޅުގަނޑު މި އިންޒާރުކުރަނީ، ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ވަގުތު ފާއިތުނުވަނީސް ހުއްޓާލަން. ސަބަބަކީ، މަދު ގަޑިއިރުތަކެއްފަހުން އޮންނާނީ ވަގުތު ވަރަށް ބޮޑަށް ފާއިތުވެ ގޮސްފައި" އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު-އަބްދުﷲހިއަން

އީރާނުގެ ޚާރިޖީ ވަޒީރު މި މޭރުމުން ޒަޔަނިސްޓު އިސްރާއީލަށާއި، އިސްރާއީލަށް ވާގިދޭ ގައުމުތަކަށް ވަރުގަދަ އިންޒާރުތަކެއް ދެއްވިއިރު، ހިޒްބުﷲއިން ގެންދަނީ ލުބުނާނުގެ ތެރެއިން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

މިއަދު ހަވީރުވެސް ހިޒްބުﷲ މުޖާހިދުން ޝީބާ ދަނޑުބިން ސަރަހައްދަށް ހަމަލާދީ އިސްރާއީލު ސިފައިންގެ ޕޯސްޓްތަކެއް ގޮއްވާލާފައި ވެއެވެ. އަދި މެދުނުކެނޑި ގެންދަނީ ބަޑީގެ ހަމަލާތައް ދެމުންނެވެ.

ލުބުނާނުގެ ތެރެއިން އިސްރާއީލުގެ ތެރެއަށް މުޖާހިދުންގެ ބަޔަކު ވަދެގެންފައިވާ ކަމުގެ ރިޕޯޓާއެކު، އެހިސާބުގައިވާ އިސްރާއީލުގެ އަވަށްތަކުގެ ރައްޔިތުން ބިންގަރާސްތަކަށް ވަދެ ހިމާޔަތް ހޯދަން އިސްރާއީލުން މިރޭ އަންގާފައި ވެއެވެ.

ހިޒްބުﷲއިން ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ގެންދަނީ ލުބުނާނުގެ ތެރެއަށް ވައިގެ ހަމަލާތައް ދެމުންނެވެ. އެގޮތުން ދިން ހަމަލާތައް އާންމުންގެ ގެތަކަށްވެސް އަމާޒުވެފައި ވެއެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާއެއް އަމާޒުވި އެއްގެއިން އުމުރުން ދުވަސްވީ 2 މީހުން ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު