އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮންތައް އޮއްސި ނަމަވެސް ފަލަސްޠީން ރައްޔިތުން ތިބީ އެންމެ ފަހު މީހާވެސް ގާބުރިއެއް ނަމަވެސް އެއްލާ ޙަމަލާދޭ ގޮތަށް!

ބޮންތައް އޮއްސި ނަމަވެސް ފަލަސްޠީން ރައްޔިތުން ތިބީ އެންމެ ފަހު މީހާވެސް ގާބުރިއެއް ނަމަވެސް އެއްލާ ޙަމަލާދޭ ގޮތަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ހައްދުފަހަނައަޅާފައިވާ ޔަހޫދީން މިއަދު ހަވީރުވެސް ވަނީ އެމީހުންގެ އަނިޔާވެރިކަމާއި ދެކޮޅަށް ނުކުތް ފަލަސްޠީނުގެ 26 ޒުވާނުންނަށް ބަޑިން ޙަމަލާދީ ޝަހީދުކޮށްލައިފައެވެ. އެމީހުން ދެކޭ ގޮތުގައި ފަލަސްޠީނަށް އެމީހުން ޙަމަލާދީ ފަލަސްޠީން ސުންނާފަތިކޮށްލިނަމަވެސް އެމީހުންނާއި ދެކޮޅަށް ގައުބުރިއެއް ނަމަވެސް އެއްލައިފިނަމަ އެމީހަކު ޝަހީދުކުރުމަކީ ކުށެއް ނޫނެވެ. 

އެމެރިކާ އާއި އީޔޫއިން މިހާރު ގެންދަނީ ހަމަލާތައް ހުއްތާލަން ގޮވާލަމުންނެވެ. ނަމަވެސް ގޮވާލުން ފިޔަވައި ކުރެވޭ އިތުރު އެއްވެސް ކަމެއް އޮންނަކަމަކަށް އަދިވެސް ނުވެއެވެ. 

މިއަދާއި ހަމައަށް އައިއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ފަލަސްޠީނުގެ 213 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އެއިގެ ތެރޭގައި 61 ކުޑަކުދިންހިމެނެއެވެ. ވީމާ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނަށް ހަމަލާތައް ދެމުން ގެންދަނީ އެއްވެސް ކަމަކަށް ބެލުމެއްނެތިކަން ދުނިޔެއަށް މިވަނީ ސާބިތުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް