އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަހޫދީންނަށް ނޭނގެނީ ނުވަދިހަ ހާސް ކުޑަކުދިން މެރި ފިރުއަޢުނަށް ޖެއްސެވި ޙާލު އެމީހުންނަށްވެސް ޖައްސަވައިފާނެކަން!

ޔަހޫދީންނަށް ނޭނގެނީ ނުވަދިހަ ހާސް ކުޑަކުދިން މެރި ފިރުއަޢުނަށް ޖެއްސެވި ޙާލު އެމީހުންނަށްވެސް ޖައްސަވައިފާނެކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ޔަހޫދީން އެމީހުންގެ ވެރިކަން ދެމެހެއްޓުމަށާއި ބިންބޮޑުކުރަން މިހާރު ދެމުން ގެންދާ ހަމަލާތަކަށް ބަލައިފިނަމަ ޝަހީދުކުރާ ކޮންމެ 3 މީހަކުން އެކަކީ ކުޑަކުއްޖެކެވެ. މިއީ ނަސްލު ނައްތާލަން ދެމުން ގެންދާ ޙަމަލާތަކެއްކަން މިކަމުންވެސް ޔަޤީންކުރެވެއެވެ. 

އެމީހުންނަކީވެސް ފޮތުގެ އަހުލުވެރިންނެވެ. ފިރުއަޢުނު ކަންކަން ކުރިގޮތާއި އޭނާއަށް ޖެއްސެވި ޙާލު އެމީހުންނަށްވެސް އެނގޭނެއެވެ. އެނގިތިބެވެސް އެކަން ޤަބޫލުނުކުރެވޭކަން އެއީ އެމީހުންގެ ޖާހިލުކަން ބޮޑުކަމެވެ. 

ކަހީނުން ދިން ލަފައާއި ގުޅިގެން ފިރުއައުނަށް އޭނާގެ ވެރިކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދުމުން ބަނީ އިސްރާއީލު ވަންހައިން އުފަންވި 90000 ކުޑަކުދިން، އެކުދިން ދުނިޔޭގެ އަލިކަން ދެކޭ ވަގުތު މަރައިލި ކަމަށް ބުނެވެއެވެ. މީގެ އިތުރުން ޖަލުތަކުގައާއި އެހެންވެސް ގޮތްގޮތުން މަރާފައިވަނީ ކިތައް ހާސް މީހުންކަން އެނގޭނެ އެއްވެސް ގޮތެއްވެސް ނެތެވެ. 

ފިރުއައުނަކީ އެތައް ސަތޭކަ އަހަރެއް ވަންދެން ތިމާ ނޫން ކަލަކު ނުވާ ކަމަށް ބުނެ ތިމާއަކީ ކަލެއް ކަމަށް ދައުވާކުރަމުން އައި މީހެކެވެ. އެވަރުގެ ޖައްބާރު ފިރުއައުނުވެސް ދުނިޔެއަކީ އެއްވެސް އަގެއް ނެތް ތަނެއް ކަމާއި އެނބުރި ދާންޖެހޭނީ ﷲ ތައާލާގެ މަތިވެރި ހަޟްރަތަށް ކަމުގައި ޤަބޫލުކުރިއެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް ނުނުކުމެ ކަނޑަށް ޣަރަޤުވެގެންދިއައީ އެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ ބުއްދީގެ ބޭނުންކުރަން ޖެހޭ ވަގުތު ފާއިތުވެގެން ދިއުމުންނެވެ. ﷲ ތައާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެކަމަށް ހެކިވެ ﷲ ތަޢާލާއަށް އަޅުކަންކުރަން ދެއްވެވި ފުރުޞަތު ފާއިތުވެގެން ދިއުމުންނެވެ. 

ޔަހޫދީންނަށްވެސް މިއަދު ޖެހިގެން މިއުޅެނީ ހަމަ ފިރުއަޢުނަށްވެސް ޖެހުނު ފަދަ މުޞީބާތެކެވެ! މުސްލިމުންނަށް މިއަދުކުރަމުން އެގެންދާ އަނިޔާތަކުގެ ރަހަ އެމީހުން ދެކޭނެއެވެ. ނިކަމެތިކުރައްވަވާނެތެވެ! މުސްލިމުންނަށް ނަޞްރު ދެއްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް