އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން ފަލަސްޠީނަށް ފޯރުކޮށްދޭ މާލީ އެހީ އިތުރުކުރަން މަޝްވަރާކުރަނީ

ރާއްޖެއިން ފަލަސްޠީނަށް ފޯރުކޮށްދޭ މާލީ އެހީ އިތުރުކުރަން މަޝްވަރާކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ދިވެހި ރާއްޖެއިން ފަލަސްޠީނަށް ފޯރުކޮށްދޭ މާލީ އެހީ އިތުރުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެންވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޤަރާރަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް މައުލޫމާތުދެއްވަމުންނެވެ.

ކޮމިޓީގެ މެމްބަރު ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ ދިވެހި ސަރުކާރުން ފަލަސްޠީނު ފަންޑަށް ފޯރުކޮށްދޭ އެހީ އިތުރުކުރުމަށް ސަރުކާރަށް ޚިޔާލުދެއްވާފައެވެ. މިޚިޔާލު ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެ ހާރިޖީ ވަޒީރު ވިދާޅުވީ އެކަމުގައި ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކޮށް، ރާއްޖެއިން ފޯރުކޮށްދޭ އެހީ އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

2000 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރައި ހަމައަށް ސަރުކާރުން ކޮންމެ އަހަރަކު 1000 ޑޮލަރު ޔޫއެން ރިލީފް އެންޑް ވޯކް އެޖެންސީ ފޮރ ޕަލަސްޓީނިއަން ރެފިއުޖީސް"، ފަންޑަށް ވަނީ ފޯރުކޮށްދެއްވާފައެވެ. އަދި 2021 ވަނަ އަހަރު 6000 ޑޮލަރު، 2022 އަދި 2023 ވަނަ އަހަރު، 5000 ޑޮލަރު މިފަންޑަށް ހަދިޔާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ އަނިޔާއާ ދެކޮޅަށް ފަލަސްޠީނުގެ މުޖާހިދުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ޙަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ޣައްޒާއާއި އެސަރަޙައްދުގެ ވަށައިގެންވާ ސަރަޙައްދުތައް އިސްރާއީލުން ދަނީ ސުންނާފަތިކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު