އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަލަސްޠީނަށް ރަޙުމާ ލޯބިހުރިނަމަ އެމީހުން ޝަހީދުކުރަން ވާގިވެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބޮއިކޮޓްކުރައްވާ!

ފަލަސްޠީނަށް ރަޙުމާ ލޯބިހުރިނަމަ އެމީހުން ޝަހީދުކުރަން ވާގިވެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބޮއިކޮޓްކުރައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ރާއްޖޭއަކީ ކުޑަ ޤައުމަކަށް ވެދާނެއެވެ. އަދި އަޅުގަނޑުމެންގެ އާބާދީ ކުޑަ ކަމުގައި ވެދާނެއެވެ. އެހެން ވީނަމަވެސް އަޅުގަނޑުމެން ދިވެހިންގެ އަޑު މަޑެއް ނުވާނެ އެވެ. މީގެ އެތައް އަހަރެއް ކުރިން ބޮސްނިޔާގައި ހިނގި ގަތުލު އާއްމާއި ގުޅިގެން ދިވެހިން އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ކަމެއް ކޮށްދީފަވެއެވެ. 

މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތީ އެހެން ބޮޑު މައްސަލަ އެކެވެ. ފަލަސްތީނުގެ ބިމުގައި ގަދަކަމުން ވެރިވެ ގަނެގެން އުޅޭ ޔަހޫދީންގެ މައްސަލަ އެވެ. ކުޑަ އާބާދީ އަކުން ވަޒަން ވެރިވާން ފެށި އިޒްރާއިލީ ދައުލަތަށް ނިސްބަތްވާ މީހުންގެ އަދަދު ގިނަވެ، މިއަދު ފަލަސްތީނުގެ ބޮޑު ސަރަހައްދެއް އެމީހުން ހިސޯރުކޮށްފައިވެއެވެ.

މުޅި އިންސާނިއްޔަތު ރޯވާލާ ފަދަ ގަތުލު އާއްމު މިއަދު އެ ގައުމުގައި ހިންގަމުންދާއިރު، އަޅުގަނޑުމެން ފަރުދީ ނަޒަރަކުން އެބައިމީހުންނާއި ދެކޮޅަށް ކުރެވޭނެ ކަންކަން ކުރަން އެބަޖެހެއެވެ. އެގޮތުން  ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ތަކެތީގެ ތެރެއިން އިޒްރާއިލަށް ވާގިވެރިވާ އަދި އެ ޤައުމުން މި ޖަރީމާތައް ހިންގުމަށް ފަންޑު ކުރަމުންދާ ކުންފުނިތަކުގެ އެކި ކަހަލަ ބާވަތްތައް ބޮއިކޮޓްކުރުމަށް ގޮވާލާ މިއަދު ހަރަކާތެއް އަންނަނީ ހިންގަމުންނެވެ. 

މި ހަރަކާތް އިންތިޒާމު ކުރާ ފަރާތްތަކުން ބުނި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އިޒްރާއިލަށް ދެވެން އޮތް ނިކަމެތި ކަމެއް އަޅުގަނޑުމެން ގެ ފަރާތުން ދިނުމެވެ. އޭގެ އިތުރަށް ފަލަސްތީނުގެ ރައްޔިތުން ޙައްޤު ގައި އަޅުގަނޑުމެން އާއްމުކޮށް ބޭނުންކުރާ ބައެއް ތަކެތި ބޮއިކޮޓްކުރުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް އަންނަނީ އިޒްރާއިލަށް ވާގިވެރިވާ ކުންފުނިތައް ބޮއިކޮޓްކުރަމުންނެވެ. އަދި އަޅުގަނޑުމެންނަށް ވެސް އެކަން ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ޓެލެގްރާމް މެދުވެރިކޮށް މި ކަމުގެ މައުލޫމާތު ފޯރުކޮށްދެމުންދާ ފަރާތްތަކުން ބުނި ގޮތުގައި ބޮއިކޮޓްކުރުމަށް ގޮވާލާ ޕްރޮޑަކްޓްތަކަކީ ވަރަށް ބޮޑަށް ދިރާސާ ކުރެވިގެން ހިމަނާފައި އެއްޗެއްސެވެ. އަދި ވިޔަފާރި ވެރިންނާއި މި ބާވަތްތައް އިމްޕޯޓް ކުރާ ފަރާތްތަކުން އެހެން 'އޮލްޓަނޭޓިވްއެއް' އެނޫން އެހެން ބާވަތްތައް ހިޔާރު ކުރުމަށް އެ ފަރާތްތަކުން އެދެއެވެ.

ވީހާވެސް ގިނަ ބަޔަކު މި ކަމުގައި ޝާމިލުވެ، އާއިލީ އަދި ފަރުދީ ޒިންމާގެ ދަށުން މި ކަމުގައި ބައިވެރިވުމަށް މި ހަރަކާތް ހިންގާ ފަރާތްތަކުން ގޮވާލައެވެ. މީގެ އިތުރުން، ޖަމްޢިއްޔާ، ޖަމާއަތް ތަކުންވެސް މިކަމުގައި ބައިވެރިވެ ރާއްޖެގެ އެކި ބިތަށް މި ހަބަރު ފޯރުކޮށްދިނުމަށް އެދެއެވެ. މި ކަމުގެ އިތުރު މަޢުލޫމާތު ހޯދުމަށް https://t.me/boycott_israhell ގުޅި ލައްވާ ށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް