އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޝްމީރުގެ ޖަލެއްގަ އަންހެނަކު ބަރަހަކާކޮށް އެކޮޅުކޮޅުން އެލުވި މައްސަލައާ އިތުރު އެތައް ތުހުމަތުތަކެއްގަ ޖަވާބުދާރީވުމަށް އދ އިން އަންގައިފި

ކަޝްމީރުގެ ޖަލެއްގަ އަންހެނަކު ބަރަހަކާކޮށް އެކޮޅުކޮޅުން އެލުވި މައްސަލައާ އިތުރު އެތައް ތުހުމަތުތަކެއްގަ ޖަވާބުދާރީވުމަށް އދ އިން އަންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

އިންޑިއާއިން ކަޝްމީރުގައި އިދިކޮޅު ސިޔާސީ ލީޑަރަކަށާއި އެހެން ބަޔަކަށް އަނިޔާކޮށްފައިވާ މައްސަލައަށް އިންޑިއާއިން ޖަވާބުދާރީ ވުމަށް އދން އިންޑިއާއަށް އަންގައިފިއެވެ.

އިންޑިއާ ސަރުކާރަށް މާޗް މަސް ނިމުނު އިރު ފޮނުވާފައިވާ ސިޓީއެއްގައި އދގެ ފަސް ތަޖުރިބާކާރުން ވަނީ ތިން މައްސަލައެއް ސާފުކޮށް ދިނުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައެވެ. އޭގެތެރޭގައި:

• 19 އަހަރުގެ ނަސީރު އަހުމަދު ވައްނީ، ގަސްތުގައި ދެކުނު ކަޝްމީރުގެ ޝޮޕިއާން ޑިސްޓްރިކްޓުން ގަސްތުގައި ގެއްލުވާލުމާއި؛

• އިރްފާން އަހުމަދު ކިޔާ މީހަކު އުތުރު ކަޝްމީރުގެ ސޯޕޯރގައި އިންސާފެއް ދިނުމަކާ ނުލައި މަރާލުމާއި؛

• ޕުލްވާމާ ގައި ވަހީދުއްރަޙްމާން ޕާރާ ޝަރިއަތަކާ ނުލައި ބަންދުކޮށްފައި ބެހެއްޓުން ހިމެނެއެވެ.

ޕާރާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރުން ފެށިގެންނެވެ. ޓެރަރިޒަމްގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރީ އިންޑިއާގެ އިންވެސްޓިގޭޝަން އެޖެންސީންނެވެ. ތުހުމަތު ކުރެވޭ ގޮތުގައި އިންވެސްޓިގޭޓިން އެޖެންސީން އޭނާ ދިހަ ބާރަ ދުވަހަށް ހައްޔަރުކޮށް އޭނާއާއި މެދު ލާއިންސާނީ ގޮތަކަށް އަމަލުކޮށްފައި ވެއެވެ. އޭނާ ބަހައްޓާފައި ހުރީ ފިނި ގަދަ ޖަލެއްގައި  އެކަހެރިކޮށް ކަމަށާއި އޭނާ ނިދިން މަހުރޫމް ކޮށްފައިވާ ކަމަށާއި އަދި ދަނގަނޑުގަޑަކުން ތަޅައިފައިވާ ކަމަށާއި އޮރިޔާމުން އެކޮޅުކޮޅުން އެލުވިކަމަށްވެސް ބެނެފައި ވެއެވެ.

އޭނާ ނަފްސާނީ ޑޮކްޓަރަކަށް ތިން ފަހަރު ދައްކާފައިވާ ކަމަށާއި ފިޒިޝަނަކަށްވެސް ތިން ފަހަރު ދައްކާފައި ވެއެވެ.

ޕާރާއަކީ ކުރީގެ ޗީފް މިނިސްޓަރ މަހްބޫބާ މުފްތީގެ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީގެ މެންބަރެކެވެ. މުފްތީ ވިދާޅުވިގޮތުގައި ޕާރާ ވަނީ އޭނާއާމެދު ކަން ކުރިގޮތް ސަމާލުކަމަށް ގެނަސް އެހެން މީހުންނަށް ޝަކުވާ ކުރުމަށް ނަމޫނާ ދައްކާފައެވެ.

ނަސީރު އަހުމަދު ވައްނީ، ގެއްލުވާލާފައިވަނީ އޭނާގެ ގެއަށް ސިފައިން ގޮސް ރެއިޑް ޖެހުމަށްފަހު ތަކެތި ހަލާކުކޮށްލައި އޭނާ ނަގައިގެން ގެންދިޔަ ފަހުންނެވެ.

އިންޑިއާގެ ސަލާމަތީ ފަރާތްތަކާއި ޖާސޫސީ އިދާރާތަކުން ހިންގާ ކަންކަން އާންމުންނާ ހަމައަށް ނައަންނަ ގޮތަށް ސިއްރު ކުރުމަށް އިއްޔެ އިންޑިއާއިން ވަނީ އައު ގަވާއިދެއްވެސް އެކުލަވާލާފައެވެ. އައު ގަވާއިދުގައިވާ ގޮތުން ސަލާމަތީ ކަންކަމާއި ޖާސޫސީ މަސައްކަތުގައި އުޅޭ އެއްވެސް ފަރާތަކުން ކޮށްފައިވާ މަސައްކަތެއްގެ މަޢްލޫމާތު އެއްވެސް ފަރާތަކަށް ދެވޭނީ ނުވަތަ ފޮތެއްގައި އެމަޢްލޫމާތު ހިމެނޭނީ އިންޑިއާގެ ބޮޑު ވަޒީރުގެ އޮފީހުން އެކަމަށް ހުއްދަ ހޯދައިގެންނެވެ.

އިންޑިއާއިން ވަނީ ޚިޔާލު ފާޅުކުރުމުގެ ދާއިރާ ހަނިކުރުމަށް ސިލްސިލާ ނިންމުންތަކެއް މިފަހުން ނިންމާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް