އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާގަ މުސްލިމުންނަށް އަނިޔާކޮށް ނިކަމެތިކުރަމުން ގެންދަނީ ބޮޑުވަޒީރު މޯދީ ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި މަތިވެރިކަން ޤަބޫލުކޮށް ހާމަކޮށްފައިވަނިކޮށް!

އިންޑިއާގަ މުސްލިމުންނަށް އަނިޔާކޮށް ނިކަމެތިކުރަމުން ގެންދަނީ ބޮޑުވަޒީރު މޯދީ ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި މަތިވެރިކަން ޤަބޫލުކޮށް ހާމަކޮށްފައިވަނިކޮށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

އިންޑިއާގެ މުސްލިމުން ކޮންމެދުވަހަކުހެން ގެންދަނީ އެމީހުންނަށް ފުލުހުންނާއި ބީޖޭޕީހެ އެކްޓިވިސްޓުން ކުރާ އަނިޔާތައް ސޯޝަލް މީޑިއާގައާއި ޚަބަރުތަކުގައި ޢާންމުކުރަމުންނެވެ. 

ވިސްނާލަންޖެހޭ ކަމަކީ މިކަންކަން މިގޮތަށް ހިނގަމުން ދާއިރު ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި މަތިވެރިކަން ބޮޑުވަޒީރު މޯދީ ޤަބޫލުކުރައްވައި އިއުލާނުވެސް ކުރައްވާފައިވާ ކަމެވެ. ވީމާ މުސްލިމުންނަށް އަނިޔާކުރަނީ މުސްލިމުން ތިބީ ޙައްޤުދީނުގައިކަން ނުއެނގޭތީއެއް ނޫނެވެ. އޮންނަ ޢަދާވާތްތެރިކަމުގެ ބޮޑުކަމުންނެވެ. 

އޮނަސައްތަ އިސްމުފުޅުގައި ވަނީ ﷲ ތަޢާލާގެ ސިފަފުޅުތައް ކަމާއި ﷲ ތަޢާލާ އަކީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވެސް އެނގިވަޑައިގެން އެކަން ޤަބޫލުކުރައްވައި 2016 ވަނަ އަހަރު އިއުލާނު ކުރައްވާފައެވެ.   

މޯދީ އެކަން އިއުލާނުކުރެއްވުމުން އޯޑިއަންސުން އަތްޖަހައި އުފާކުރި އަޑުވެސް މީޑިއާތަކުން ހާމަކުރިއެވެ. 

މޯދީ މިއަދު މުސްލިމުންނަށް އަނިޔާވެރިވަމުން ދަނީ ﷲ ތައާލާ އާއިމެދު ހުރިހާ ކަމެއް ރަނގަޅަށް އެނގިހުރެއެވެ. އޭނާގެ ވާހަކައިގައި އޮނަސައްތަ އިސްމުފުޅު ޤަބޫލުކޮށްފައިވުމުން ހުރިހާ މަތިވެރިކަމެއް ލިބިވޮޑިގެންވަނީ ﷲ ތައާލާއަށްކަން މޯދީއަށް ރަނގަޅަށް އެނގޭކަން އެއޮތީ ވަރަށް ފުރިހައަށް އެނގޭށެވެ! 

އޭނާގެ ޙަޤީޤީ ސިފަ އެނގިގެންދަނީ މިހުރިހާ ކަމެއް އެނގިހުރެމެ އޭނާ ﷲ ތައާލާ އާއި ޢަދާވާތްތެރިވެ މުސްލިމުންނަށް އަނިޔާކުރަމުން ގެންދާތީއެވެ. އަނިޔާ ކުރުވަމުން ގެންދާތީއެވެ. މުސްލިމުންގެ ޙައްޤުތަކަށް އަރައިގަނެ އިންޑިއާގައި ތިބި މުސްލިމުން ނިކަމެތިކުރަމުން ގެންދާތީއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް