އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާ ބޮލުގައި ރިހެނީބާ !

އިންޑިއާ ބޮލުގައި ރިހެނީބާ !


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

ތިރީގައި މިވާ ލިޔުމަކީ 24 އޮގަސްޓް 1965 ގައި އެއިރު ރާއްޖޭގައި ނެރުނު ވިޔަފާރި މިއަދުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުމުން އެނގެނީ ދުނިޔޭގެ ކުރިއަރާފައިވާ، ރާއްޖެއަށް ޙަޤީޤީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ޤައުމުތަކާއި ރާއްޖެ ޢާއި ގުޅުން ބަދަހިވުމަށް އެއިރުވެސް އިންޑިއާއިން އޮތް ކަންބޮޑުވުންކަން ފާހަގަކުރެވެއެވެ. 

އިންޑިޔާ ބޮލުގައި ރިހެނީބާ!

ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުން ސަލާމަތް ވުމާއި އެކު ރެޑްޗާ އޭނާއާއި ދިވެހިރާއްޖެއާއި ދޭތެރޭ އެކުވެރިކަމުގެ ގުޅުމެއް ހިނގާފާނެ ކަމުގައި އިންޑިޔާ މާބަނޑޭރިބިރު (ބިރެއް ފެނިދާނެތީ ގަންނަބިރު) ގަންނާން ފަށައިފި އެވެ. ވަސްވާހުގެ ޝައްކުތައް ހިނގާން ފަށައިފި ކަހަލައެވެ. 

މިއޮގަސްޓްގެ ކުރީ ހަތްދުވަހުގެ ތެރޭ މެޑްރާސްއިން ނުކުންނަ ހިންދޫ މިނަންކިޔާ ނޫހުގައި ލިޔުނޭ " ކޮޅުނބުގައި ތިބޭ ޕީކިންގް ޑިޕްލޮމޭޓްސް ދިވެހިރާއްޖެ އަލަށް މިނިވަންވުމާއިއެކު އެތަނާ އެކުވެރިކަމުގެ ގުޅުމެއް ބަހައްޓާންވެގެން ވަރަށް އަވަހަށް އުޅެގަތެވެ." މިވާހަކަ ލިޔަމުންގޮސް ލިޔުނޭ " އެރަށްތަކުގައި ޗައިނާގެ ސަފީރަކު ބެހެއްޓޭތޯ އެބައުޅެއެވެ. ދިވެހިރާއްޖެ އަކީ ހަމައެކަނި އިނގިރޭސީންގެ ސަފީރަކު ހުންނަ ރަށެކެވެ."

މިވާހަކަތައް އެނޫހުގައި ލިޔަނީ، ހިންދޫގެ ޓޯކިޔޯ ކޮރޮސްޕޮންޑެންޓް މިސްޓަރ ކޭ.ވީ. ނާރާޔަން އެވެ. މީނާ ހިންދޫގައި ލިޔަނީ، ދިވެހިރާއްޖެއަކީ، ސިލޯނުގެ ހުޅަނގުން އިންޑިއަން އޯޝަނުގައި އޮންނަ ކުދިކުދި އަތޮޅު ތަކެއްގެ މައްޗަށް ބިނާވެފައިވާ ޖަޒީރާ ތަކެކެވެ. ދުނިޔޭގެ ގިނަމީހުންނަށް، އެރާއްޖޭގެ މަޢުލޫމާތު ލިބިފައިވަނީ ވަރަށްވެސް ކުޑަކޮށެވެ. އެބައިމީހުން އިނގިރޭސީންގެ ކިބައިން މިނިވަންވުމާއި އެކު ރަސްމީގޮތުގައި އެތަން ޤަބޫލުކުރީ ދުނިޔޭގެ މަދު ދައުލަތް ތަކެކެވެ.

މީގެތެރެއިން ޗައިނާއަކީ އެންމެ ކުރީކޮޅުގައި ދިވެހިރާއްޖޭގެ މިނިވަންކަން ޤަބޫލުކޮށް އެކަމާއި މެދު އުފާވެރިކަމުގެ ބެރު ޖަހާންފެށި މީހުންނެވެ. ޗައިނާގެ ރައީސް ލީ. ސާހޯ ޗީ އާއި ބޮޑުވަޒީރު ޗޫ އެންލައި އާއި ދެމީހުން ދިވެހިރާއްޖޭގެ ރަދުންނަށާއި އަދި ބޮޑުވަޒީރަށް ފޮނުވި މެސެޖުތަކުގައި އެތާގެ ވެރިކަން ޤަބޫލު ކުރުމާއި އެކު މުބާރަކްބާދީ ތައްވެސް ފޮނުވި އެވެ. މިސްޓަރ ޗޫ ދިވެހިރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރަށް ފޮނުވި މެސެޖުގައި ދިވެހިރާއްޖޭގެ މީހުން އިންޕީރިއަލިޒަމް އާއި ކޮލޯނިއަލިޒަމް އާއި އަދި ނިޔުކޮލޯނިއަލިޒަމް އަތްދަށުން ސަލާމަތްވާން ކުރާ މަސައްކަތުގައި ކާމިޔާބު ވުންއެދި ދުޢާ ކޮށްފައި ވެއެވެ. އަދި ޗައިނާގެ ބޭރުގެ ވަޒީރު މާރޝަލް ޗެންޔީ ދިވެހިރާއްޖެއަށް ފޮނުވި މުބާރަކުބާދީ ގެ މެސެޖުގައި ތަކުރާރުކޮށްފައި ވެޔޭ " ޗައިނާ ދިވެހިރާއްޖޭގެ މިނިވަންކަން ޤަބޫލު ކުރުން ކުރި އަށް ގޮސް ދެބައިމީހުންގެ އެކުވެރިކަމާ ރަޙްމަތްތެރިކަން އަދި މާބޮޑުވެ ބަދަހިވާނެއެވެ." 

މިވާހަކަތައް ލިޔަމުންގޮސް ލިއުނޭ، ކޮޅުނބުގައި ހުންނަ ޗައެނާގެ އެމްބެސެޑަރ އިއްޔެ ހެދުނު ދިވެހިރާއްޖޭގެ ބޮޑުވަޒީރު މިސްޓަރ އިބްރާހީމް ނާޞިރު އާއި ބައްދަލުކޮށް ރަޙްމަތްތެރި ކަމުގެ ޚިޔާލު ބަދަލުކުރިއެވެ. ޕީކިންގް ގެފަރާތުން އެކުޑަކުޑަ ދިވެހިރާއްޖެއާއި ގުޅުމަށް މިބަހައްޓާ ފޯރިން ފެންނަ އެއްޗަކީ ދާދިއަވަހަށް ދިވެހިރާއްޖޭގައި ޗައިނާގެ ސަފީރަކު ބެހެއްޓޭތޯ ބަލާނެ އެވެ. އޭރުން އިނގިރޭސީންގެ ސިފައިންނާއި ވައިގެ ލަސްކަރު ދުރު އިރުމަތީގައި ކުރާ ޙަރަކާތްތައް ޗައިނާއަށް އެނގެމުން ދިޔުން ވަރަށް ފަސޭހަވާނެއެވެ. އެތާގައި އާރް.އޭ.އެފް ގެ އިސްޓޭޖިން ޕޯސްޓެއް އެބަހުއްޓެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު