އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއް ޓަނުގެ ގެރި ގުއި ވަގަށް ނެގި މައްސަލައެއްގަ އިންޑިއާ ފުލުހުން ހާސްކަމުގެ ތެރެއަށް!

އެއް ޓަނުގެ ގެރި ގުއި ވަގަށް ނެގި މައްސަލައެއްގަ އިންޑިއާ ފުލުހުން ހާސްކަމުގެ ތެރެއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

އިންޑިއާގެ ޗައްތީސްގަޅުގެ ފުލުހުން މި ދުވަސްކޮޅު އުޅެނީ ނިކަން އަވަދި ނެތިއެވެ. މިމީހުންނާ ލައިގެންފައި ވަނީ ބޮޑު ގައުމީ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތެވެ.

ގެރި ގުއި ރައްކާކޮށްފައި ހުރިތަނަކުން އެއް ޓަނުގެ ގެރި ގުއި ވަނީ ވަގަށް ގެންގޮސްފައެވެ. ފުލުހުން ވަނީ މި ގެރި ގުއި ވަގަށް ނެގުމުން ހައިރާންކަން ފާޅުކޮށްފައެވެ. އެމީހުން ބުނި ގޮތުގައި މިހާ ގިނަ އަދަދެއްގެ ގެރިގުއި ވަގަށް ނެގީ ކިހިނެއްކަން އަދި ގެންދިޔައީ ކިހިނެއްކަން އެމީހުން ހޯދަން އުޅެ އުޅެވެސް އަދި ކޮޅެއް ފެނިފައި ނުވާ ކަމަށެވެ.

އިންޑިއާގެ ވެރިކަމަށް ބީޖޭޕީގެ ހިންދޫ ސަރުކާރު އިސްވިފަހުން ގެރިގުއި ވަނީ އަގު ބޮޑު އެއްޗަކަށް ވެގެން ގޮސްފައެވެ. ސަރުކާރުން ވަނީ ގަސްކާނާ އުފެއްދުމަށް ގެރިގުއި ވިއްކުމާއި ގަތުމަށްވެސް ހިތްވަރު ދީފައެވެ.

2019 ވަނަ އަހަރު މޮދީގެ ސަރުކާރުން ވަނީ ގެރިގޮރާއި ގުއިން ބޭސްފަރުވާގެ ތަކެތި އުފެއްދުމަށް ފަސް ބިލިއަން ރުޕީސް ހޭދަ ކޮށްފައެވެ. އިންޑިއާގެ މުއްސަނދި ހާމުދުރެއްކަމަށްވާ ބާބާ ރާމަދޭވްގެ ކުންފުނިން އުފައްދާ ރީތިވާ ސާމާނާއި ދަތް އުނގުޅާ ބޭހާއި ބިސްކޯދުއާއި ހަވާދު ފަދަ ހުރިހައި ބާވަތެއްގައިވެސް ގެރި ގުއި އަދި ގެރީގެ ގޮރު ހިމަނާފައި ވެއެވެ.

ގެރިއަކީ މިމީހުންގެ ދޭވަތާއެއް ކަމުން އެއިގެ ނަޖިހަކީ ބަރަކާތްތެރި އެއްޗެއް ކަމަށް މިމީހުން ބަލައެވެ. ގެރި ގުއި ގައިގައި ވަށައިގެން ކޮރޯނާއިން ސަލާމަތްވާކަމަށްވެސް ބީޖޭޕީގެ ލީޑަރުން ދެކެއެވެ. އަދި މިކަން ކުރާނެ ގޮތާއި މިކަމަށް ހިތްވަރު ދީފައިވާ ވީޑިއޯ މިމީހުން ފަތުރާފައި ވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު