އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑޮކްޓަރުންނަށް ފަސޭހަނުކުރެވުނު އުރަމަތީ ކެންސަރު ހުރި އަންހެނަކު އިސްލާމްވެ ދުޢާކުރުމުން ޝިފާލިބުނު ކަމުގެ ވާހަކަ އޭނާގެ ދުލުން-

ޑޮކްޓަރުންނަށް ފަސޭހަނުކުރެވުނު އުރަމަތީ ކެންސަރު ހުރި އަންހެނަކު އިސްލާމްވެ ދުޢާކުރުމުން ޝިފާލިބުނު ކަމުގެ ވާހަކަ އޭނާގެ ދުލުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

އަހަރެންނަކި އުރަމަތީގެ ކެންސަރަށް 2018 ވަނަ އަހަރުން ފެށިގެން ފަރުވާކުރަމުން އައި އަންހެނަކީމެވެ. ފަރުވާއިން ރަނގަޅުވެލައެވެ. އަނެއްކާވެސް ގޯސްވެލައެވެ. އެހެންކަމުން އަހަރެންގެ އަމިއްލަ ނަފްސާއި ސުވާލުތަކެއް ކުރެވެން ފެށިއެވެ. "މައްސަލައަކީ ކޮބައިހެއްޔެވެ؟ އަހަރެންނަށް ގޯސްކޮށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ޖީސަސް އަހަރެން ދެކެ ރުޅިއަންނަނީ ކީއްވެގެންހެއްޔެވެ؟" 

މިފަދަ ސުވާލުތައް ހިތުގައި އުފެދެމުންދާތާ އެތައް ދުވަހެއްވެފައިވަނިކޮށް އަހަރެންގެ ރައްޓެހި ފިރިހެން ކުއްޖަކު އަހަރެންނަށް ކީރިތި ޤުރްއާނުގެ ތަރުޖަމާއެއް ދިނެވެ. ފޮތްކިޔާހިތްވާ އަނހެނަކަސްވާތީ އެ ފޮތް ކިޔަންފެށީމެވެ. 

ހަމަ ތެދަށް ބުނަންހެއްޔެވެ؟ ފޮތްކިޔަން ފެށުމުން އުފެދުނު ޝައުޤުވެރިކަން ނިމުމަކަށް އައީ ފޮތް އެކުގައި ކިޔައިނިމުމުންނެވެ. ދެން ޝައުޤުވެރިވީ ކީރިތި ޤުރްއާނާއިމެދު ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުތައް އަޑުއެހުމަށެވެ. ކޮންމެ ދުވަހަކު ޔޫޓިޔުބުން އެތައް ވާހަކަތަކެއް އަޑުއެހީމެވެ. 

ކޮންމެއަކަސް 2020 ވަނައަހަރު އަހަރެން ކީރިތި ޤުރްއާން ބަލައިގަތީމެވެ. އަދި އިސްލާމްވެސްވީމެވެ. މިއަހަރަކީ އަހަރެންގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ޢީދު ފާހަގަކުރި ދުވަހެވެ. އަދި ކީއްހެއްޔެވެ؟ ރަމަޟާން މަސް އައުމުގެ ކުޑަދުވަސްކޮޅެއް އަހަރެންގެ ބަލި ވަނީ މުޅިން ފަސޭހަވެއެވެ. ހަދާ ޓެސްޓްތަކުން ބައެއް ފަހަރު ބަލިހުރިކަމަށް ދައްކައެވެ. ނަމަވެސް އެއްވެސް އުނދަލެއް ނުވެއެވެ. ނަމަވެސް އެއްވެސް ބޭހެއް ނުކުރަމެވެ.ރާތާ 4،5 މަސްވީއެވެ. ޢާންމު ޞިއްޙަތުވެސް ހަމަ ރަނގަޅެވެ. ދިރިމިއުޅެނީ އެއްވެސް ބައްޔެއް ނެތި މީހަކު ދިރިއުޅޭނެ ގޮތަށެވެ. 

އަހަރެންގެ ބައްޔަށް ޝިފާލިބުނު ސަބަބުކަމަށް އަހަރެން ޤަބޫލުކުރަނީ އަހަރެން އިސްލާމްވެ އަހަރެން ﷲ ތަޢާލާއަށް ކުރި ދުޢާއެވެ. ރޮއި ކަރުނަ އަޅައި އަހަރެން ދެންނެވި އާދޭހެވެ! މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ. 

އަހަރެންގެ އުމުރަކީ 28 އަހަރެވެ. އަހަރެން ކައިވެނިކުރަން ބޭނުންވަނީ ޒުވާނަކު އިސްލާމްކޮށްގެންނެވެ. އެހެންވެ އަހަރެން މިހާރު މަސައްކަތްކުރަމުން މިގެންދަނީ ބައްދަލުވި ޒުވާނަކަށް އިސްލާމް ދީން އުނގަންނައިދޭށެވެ. އިރާދަކުރެއްވިއްޔާ ބޮޑު ޢީދު ދުވަހު ކައިވެނިވެސް ކުރެވޭނެއެވެ! 

ޢަލީޝާ ތޯމަސް/ ލަންޑަން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް