އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމާސްގެ ޔަހްޔާ ސިންވާރަށް ފަލަސްތީން މީހުންގެ އިތުބާރު ބޮޑު

ހަމާސްގެ ޔަހްޔާ ސިންވާރަށް ފަލަސްތީން މީހުންގެ އިތުބާރު ބޮޑު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

އިޒްރޭލްގައި އެކުލަވާ އައު ސަރުކާރަށް ދިމާވާނެ އެންމެ ބޮޑު ގޮން ޖެހުމަކީ، ހަމާސްއާއެކު މަޝްވަރާތައް ބޭއްވުމެވެ. މިފަދަ މަޝްވަރާއަކަށް ފުރުސަތު އޮންނާނީ އިދިކޮޅު ފަރާތްތަކުން ޔާއީރް ލެޕިޑްއާއި ނެފްތާލިން ބެނެޓް ގުޅިގެން އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ސަރުކާރަކުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ، ބެންޔަމީން ނަތަންޔާހޫ ވަނީ ހަރުކަށި ކަނާތުފިޔާގެ ޕާޓީތަކާއި ހައްދުފަހަނަޅާފައިވާ ދީނީ ޕާޓީތަކާއި ޔަހޫދީ ވަޒަންވެރިންނާ އެކު މަޝްވަރާތައް ބާއްވައި އައު ސަރުކާރަށް ގާނޫނު ހަދާ މަޖިލީހުގައި ތާއީދު ނުލިބި ވޭތޯ މަސައްކަތް ކޮށްފައެވެ.

މިސްރުގެ ޖާސޫސީ އިދާރާގެ ވެރިޔާ، ޙަމާސްއާއެކު ބޭއްވި މަޝްވަރާތަކުގައި އިޒްރޭލާ ގުޅޭ އެއްތައް މައްސަލައެއްގެ މަޝްވަރާތައް ބޭއްވިކަމަށް ޙަމާސްގެ ލީޑަރުން ވިދާޅުވެއެވެ.

ޙަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އިޒްރޭލުގެ ޖަލުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ އަސީރުން މިނިވަން ކުރުމަށެވެ. ސިންވާރު ވިދާޅުވިކަމަށް ޚަބަރުތައް ބުނަނީ 1100 ފަލަސްތީން އަސީރުން މިބުރުގައި މިނިވަން ކުރަން ބޭނުންވާ ކަމަށެވެ.

ފަލަސްތީންގެ އަސީރުންގެ ބަދަލުގައި އިޒްރޭލާ ހަވާލު ކުރަން ހަމާސްއިން ބޭނުންވަނީ ހައްޔަރުކޮށްފައިވާ އިޒްރޭލްގެ ދެ ސިވިލިއަނުން ކަމަށްވާ އަވޭރާ މަންގިސްޓޫއާއި ހިޝާމް އައްސައިދުއާއި ޣައްޒާގައި މަރުވެފައިވާ އިޒްރޭލް ސިފައިންގެ ދެމީހުން ކަމަށްވާ އޯރޯން ޝާއުލްއާއި ހަޑަރް ގޯލްޑިންގެ ގަބުރެވެ.

ހަމާސް އިން ވަނީ 2011 ގައިވެސް އިޒްރޭލާއެކު އަސީރުން މިނިވަން ކުރުމުގެ މަސައްކަތެއް ކޮށްފައެވެ. އެއިރު އިޒްރޭލުގެ ޖަލުތަކުން އަސީރުން މިނިވަން ކުރީ އިޒްރޭލްގެ ސިފައިންގެ މީހެއްކަމަށްވާ ގިލާޑް ޝާލިޓް ހައްޔަރުކޮށްގެން އޭނާގެ ބަދަލުގައެވެ. އިޒްރޭލުގެ ޖަލުން ޔަހްޔާ ސިންވާރު މިނިވަންވީވެސް މި ބުރުގައެވެ.

ނަތަންޔާހޫ ސަރުކާރުގެ ދިފާއީ ވަޒީރު ބޭނީ ގެނެޓް ބުނެފައި ވަނީ އިޒްރޭލުން ޣައްޒާ އާރާސްކުރުމަށް ހުއްދަ ދޭނީ އިޒްރޭލް ސިފައިންގެ ގަބުރު ހަވާލުކޮށް ސިވިލިއަނުން ހަވާލު ކުރުމުން ކަމަށެވެ. ނަމަވެސް އިޒްރޭލަށް މިކަމުގައި މާބޮޑު އިޚްތިޔާރެއް ނެތެވެ. އަދި ޙަމާސްއަށް އިޒްރޭލުން ދީލާލަން ޖެހޭނެ ކަމަށް ބެލެވެއެވެ.

ފަލަސްތީނު މީހުން ދެކެނީ ކޮންމެ ގޮތެއްވިއަސް ޔަޙްޔާ ސިންވާރު ކަމަކަށް ވައުދުވެ އަޒުމު ކަނޑައަޅައިފިނަމަ އެކަމެއް އޭނާ ހަގީގަތަށް ހައްދަވައި ދެއްވާ އުސޫލުން މިފަހަރުވެސް އަސީރުން މިނިވަން ކޮށްދެއްވާނެ ކަމަށެވެ.

ނަޔަންޔާހޫ މަސައްކަތް ކުރަމުން ދަނީ ކެނެސެޓްގައި ލެޕިޑްގެ ސަރުކާރަށް ވޯޓަށް އެހިޔަ ނުދީ ދިގު ދެއްމުމަށެވެ. ނަތަންޔާހޫއާއި އޭނާއަށް ތާއީދު ކުރާ މީހުންނަށް 120 ގޮނޑީގެ ޕާލަމެންޓްގައި ލިބިފައި ވަނީ 54 ގޮނޑިއެވެ. އިދިކޮޅު ފަރާތްތަކުން 60 ގޮނޑި ގެންގުޅެއެވެ.

ލެޕިޑްއާއި ބެނެޓް ބޭނުންވާ ގޮތަށް ޕާލަމެންޓްގެ ރައީސް ބަދަލުކުރެވިއްޖެނަމަ، އެމީހުންގެ މަސައްކަތް ފަސޭހަވާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު