އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު
ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހެނީ އެމީހާގެ ކަންނެތަކަމުގެ ސަބަބުންނެވެ. މިހެން ބުނުމުން ބައެއް މީހުން އެއީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ. ޖަވާބަކީ ނަމާދާއި އެހެނިހެން އަޅުކަން ނުކުރެވޭ މއަިގަނޑު ސބަބަކީ އެމީހާގެ ކަންނެތްކަން ކަމުގައި ވާތީއެވެ. ފަހުން ކުރަން މަޑުކޮށްލެވެނީ ކަންނެތްކަމުން ކަމުގައިވާތީއެވެ.
މީގެ އިތުރުން ގިނަ ބައެއްގެ ވިޔަފާރިތައް ބަނގުރޫޓުވަނީވެސް ހަމަ ކަންނެތްކަމުންނެވެ. އަމިއްލައަށް ބަލަހައްޓަންޖެހޭ ކަންކަން ބަލަހައްޓަން އެހެން މީހުންނާއި ޙަވާލުކޮށްލާފައި ހުރެވެނީ ކަންނެތްކަމުންނެވެ.
އަދި ހަމަ މީގެ އިތުރުން ގިނަ ޢާއިލާތައް ރޫޅިގެންދާ އެއް ސަބަބަކީވެސް ކަންނެތްކަމެވެ. ބައިވެރިޔާއަށް ތިމާގެ އަމިއްލަ ދެއަތުން ކޮށްދޭންޖެހޭ ކަންކަން ކުރަން އެހެން މީހުންނާއި ޙަވާލުކުރެވޭތީއެވެ.
ކުރުގޮތަކަށް ބުނާނަމަ ދުނިޔެއާއި އާޚިރަތް ގެއްލިގެން ދިއުމުގައި އެންމެ ބޮޑު ބައެއް އަދާކުރަނީ މީހާގެ ކަންނެތްކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކަންނެތަކަމުން ސަލާމަތްކުރެއްވެވުން އެދި ކުރަން ޙަދީޘްފުޅުގައި ބަޔާންވެގެންވާ ދުޢާއެއް:
(اللَّهُمَّ إِنِّيْ أَعُوذُ بِكَ مِنَ الْعَجْزِ, وَالْكَسَلِ , وَالْجُبْنِ, وَلْهَزَمِ, وَالْبُخْلِ, )
(ارواه البخاري ومسلم)
ޔާ ﷲ ! ނުކުޅުދުންތެރި ކަމާއި ކަންނެތް ކަމުން އަދި ފިނޑިކަމުންނާއި މުސްކުޅިކަމުންނާއި ދަހިވެތި ކަމުން ރައްކާތެރިކޮށް ދެއްވުމަށް އެދި އިބަ ﷲ ގެ ޙަޟްރަތުން މިއަޅާ ދަންނަވަމެވެ.
Advertisement
8 ޖޫން 2021