އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުވައާ ޚިލާފަށް ޤާނޫނުތައް ހެދުމަކީ އިލާހީ ސަޒާ ވަރަށް ވަރުގަދަވާނެ ކަމެއް!: ޝައިޚް އިލްޔާސް

ހުވައާ ޚިލާފަށް ޤާނޫނުތައް ހެދުމަކީ އިލާހީ ސަޒާ ވަރަށް ވަރުގަދަވާނެ ކަމެއް!: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

"އިސްލާމް ދީނަށާއި ޤާނޫނު އަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ތިބެ، އިސްލާމް ދީނާއި ޤާނޫނު އަސާސީގެ ޙުރުމަތް ގެއްލޭ ގޮތަށް ޤާނޫނުތައް ނުހެދުމަށް ހަނދާންކޮށްދެމެވެ. ހުވައާއި ޚިލާފްވުމަކީ ނިކަމެތިކަން ލިބޭނެ ކަމެކެވެ. އިލާހީ ސަޒާ ވަރަށް ވަރުގަދަވާނެއެވެ. މިއާޔަތަށް ވިސްނަވައިލައްވާށެވެ!"

މިއި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ކުރައްވާފައިވާ ޓްވީޓެކެވެ. މިޓްވީޓާއިއެކު ބަޔާން ކުރައްވާފައިވަނީ ކީރިތި ޤްރްއާނުގެ ނަޙްލް ސޫރަތުގެ 94 ވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ: "ތިޔަބައިމީހުންގެ ހުވާތައް، އެއީ ތިޔަބައިމީހުންގެ މެދުގައި ފަސާދަ ކުރުމަށްޓަކައި އޮތް އެއްޗެއް ކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! ފަހެ، (އެހެންވެއްޖެނަމަ، އެ ހުވާގެ ސަބަބުން) ފައިތިލަ ثابت ވެ ހުރުމަށްފަހު، އެ ފައިތިލަ ކައްސާލައިގެން ހިނގައިދާނެތެވެ. އަދި ތިޔަބައިމީހުން، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށްއުޅުމުގެ ސަބަބުން، مصيبات ގެ ރަހަ ތިޔަބައިމީހުންނަށް ލިބިދާނެތެވެ. އަދި ބޮޑުވެގެންވާ عذاب، ތިޔަބައިމީހުންނަށް ހުށްޓެވެ."

މިއީ މީގެ 2 އަހަރުކުރިން ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެފައިވާ ބަސްފުޅެކެވެ. ޙައްޤު ބަސް ބުނުމުން "އުލުބައިންދަން" މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ހުރި ކަންބޮޑުވުންތަކަށް ނުބަލައި ފާސްކުރާނަމަ މި ބަސްފުޅަށް ވިސްނައިލުން ރަނގަޅުކަން ފާހަގަކުރެވެއެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް