އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ހުރިހާ ފާފަތަކެއް ފުހެލައި ނަރަކައިން ސަލާމަތްވުމުގެ ފުރުޞަތެވެ! ގަދައަޅައި ހިތްވަރުކުރާށެވެ!: ޝައިޚް އިލްޔާސް ޙުސައިން

މިއީ ހުރިހާ ފާފަތަކެއް ފުހެލައި ނަރަކައިން ސަލާމަތްވުމުގެ ފުރުޞަތެވެ! ގަދައަޅައި ހިތްވަރުކުރާށެވެ!: ޝައިޚް އިލްޔާސް ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އަބޫ ހުރައިހާ ރިވާ ކުރެއްވެވި ޙަދީޘްފުޅެއްގައިވެއެވެ. "ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ އީމާންކަމާ ޘަވާބާ ދަރުމައަށް އެދިހުރެގެން މީހަކު ހިފައިފި ނަމަ އޭނާގެ އިސްވެ ދިއަ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވަތެވެ!" 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ޙަދީޘްފުޅުން ލިބިގެންދިއަ ފިލާވަޅަކީ ރޯދަ ހިފުމުގެ މަތިވެރިކަމާއި ރޯދަ ހިފުމުން ލިބޭ ޘަވާބާއި ދަރުމައިގެ މަތިވެރިކަމެވެ. 

ރޯދަ ހިފުމަކީ ފަޖުރުއްޞާދިޤްގެ އަލިކަން ފައުޅުވީންސުރެ އިރުއޮއްސިއްޖއުމަށް ދާންދެން ކެއުމާއި ބުއިމާއި ޝަހުވަތުގެ އެދުންތަކުން ދުރުވެގަތުމެވެ. މިކަން އޭނާ ކޮށްފިނަމަ އޭނާގެ އިސްވެ ދިއަ ހުރިހާ ފާފަތަކެއް، ތައުބާ ވެއްޖެ ނަމަ އޭނާގެ އެއްވެސް ފާފައެއް ނެތް ގޮތުގައި ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވަތެވެ. 

މިފަދަ މަތިވެރި މައްސަރު އަޅުގަނޑުމެންނާއި ބައްދަލުކޮށް ދުވަސްތައް ފާއިތުވަމުން މިދަނީއެވެ. މިމައްސަރުގައި ލައްވަވާފައިވާ ބަރަކާތް ޙާޞިލުކުރުމަށް އަވަސވެގަންނަމާތޯއެވެ! ނަރަކައިން ސަލާމަތްވުމަށްޓަކައި ﷲ ގެ ހަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދި ތިބެގެން ރޯދަ ހިފާބައަކަށްވަމާތޯއެވެ! 

ﷲ ތަޢާލާ އެކަމުގެ ހެޔޮ ތައުފީޤް އަޅަމެންނަށް ދެއްވަވާށި! އާމީން 

- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދުނޫހަސް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް