އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައިން އުނިވެގެން ދިއަ ނުދިނުމަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެއެވެ!: ޝައިޚް އިލްޔާސް

ރޯދައިން އުނިވެގެން ދިއަ ނުދިނުމަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެއެވެ!: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅެއްގެ މަފްހޫމްގައިވެއެވެ. "ތިއަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ރޯދައަށްހުރެ ހަޑިހުތުރު ބަސްތައް ނުބުނާށެވެ! އަދި އަޑުގަދަކޮށްވެސް ނުހަދާށެވެ! އަދި މީހަކު ތިބާއަށް ބަދު ބަސް ބުނެފިނަމަ ނުވަތަ ތިބާ އާއި އަރައިރުން ވެއްޖެ ނަމަ ތިބާ ބުނާށެވެ! ތިމަންނަ މިހުރީ ރޯދައަށެވެ!" 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިނަބަވީ އިރުޝާދުގައި ބަޔާންވެގެން މިވަނީ ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް ފާއިއތުވެގެންދާއިރު ކޮންމެހެން ލިބިގަންނަން ޖެހޭ ނަބަވީ އިރުޝާދެކެވެ. އެއީ ރޯދައަށް ތިބެގެން ބަދުބަސް ނުބުނުމާ އަޑުގަދަ ނުކުރުމާ ދެބަސް ނުވުމާއި އަރައިރުން ނުވުމެވެ. އަދި މީހަކު އެފަދަ ކަމެއް ކުރިނަމަވެސް ރަސޫލް (ޞޢވ) އުންމަތަށް އިރުޝާދު ދެއްވަވާފައި މިވަނީ ތިމާ މިހުރީ ރޯދައަށް ކަމަށް ބުނުމަށެވެ. 

އެއީ ރޯދައިން ލިބެން އޮތް ސަވާބާއި ދަރުމަ އުނިވެގެންދިއަ ނުދިނުމަށެވެ. "ކާކުތޯނ އަޅުގަނޑުމެންގެ ތެރެއިން އެދޭނީ އެމީހަކަށް 1 މިލިއަން ލިބެން އޮއްވާ 1 މިލިއަނުގެ ބަދަލުގަ 100 ލިބެން؟" މިތަނުގައިވެސް މިއަންނަނީ ހަމަ އެމިސާލެވެ. އެއީ ރޯދައިގެ ސަވާބާއި ދަރުމަ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނުއެނގޭނެތީއެވެ.

މިއިން އެއްވެސް ކަމެއް ނުކުރަން ރަސޫލް (ޞޢވ) އިރުޝާދު ދެއްވަވާފައި އެވަނީ އެކަންކަން ކުރުމުން ރޯދަހިފުމުން ﷲ ތައާލާ ދެއްވަވާ ޘވާބާއި ދަރުމައިން އުނިވެގެންދާތީއެވެ! ﷲ ތައާލާ އަޅުގަނޑުމެން އެންމެންގެ ރޯދަވެސް ރައްކައުތެރިކުރައްވަވައި މިގޮތަށް ޢަމަލުކުރުމުގެ ތައުފީޤް ދެއްވަވާށި! އާމީން 

- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް