އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސެކިޔުލާ ފަލްސަފާގެ ތެރެއިން މަޖިލީހަށްވައްދާ ބިލެއް މުސްލިމުންނަށް ފައިދާކުރާނެ ގޮތަށް ބަދަލުކުރާނީ ކިހިނެއްތަ؟

ސެކިޔުލާ ފަލްސަފާގެ ތެރެއިން މަޖިލީހަށްވައްދާ ބިލެއް މުސްލިމުންނަށް ފައިދާކުރާނެ ގޮތަށް ބަދަލުކުރާނީ ކިހިނެއްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ސެކިޔުލާ ފަލްސަފާގެ ތެރެއިން މަޖިލީހަށްވައްދާ ބިލެއް މުސްލިމުންނަށް ފައިދާކުރާނެ ގޮތަށް ބަދަލުކުރާނީ ކިހިނެއްތަ؟

ތިރީގައި މިވަނީ މިކަމުގައި ޝައިޚް ޝަފީޢޫ ޢަބްދުﷲ ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

- ދެފިކުރު

މަބްދައީކޮށް (އަސާސުގައި) މިދެއެއްޗަކީ މުޅިން ތަފާތު ދެފިކުރެކެވެ. އެކަތި ހެދިފައިވަނީ އިސްލާމްދީން ހިމާޔަތްކޮށް، ޢަލްމާނީ ދައުލަތަކަށް މިދައުލަތް ބަޔަކު ހަދައިފާނެތީއެވެ. އެކަމާ ދެކޮޅަށް ކުރެވެން އޮތް ކަމެއް ކުރުމަށެވެ. 

އަނެކައްޗަކީ، އަލްމާނީ ސެކިއުލާ ފަލްސަފާއެއްގެ މައްޗަށް އުފައްދާފައިވާ އެއްޗެކެވެ. އެހެން ކަމަށް ވަންޏާމު، މިދެފިކުރަށް މަޖިލީހުގައި އެއްދިމާއަކަށް، އެއް އެޖެންޑާއެއްގެ ދަށުން ބިލުވައްދާ ޤާނޫނުތަކަށް ހެދުމަށް އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދެވޭނީ ކިހިނެއްތޯއެވެ؟ 

ބިލު ހެދުމާއި، އެބިލު ޤާނޫނަކަށް ހެދުމުގެ ހުރިހާ ކަމަކާ ޙަވާލުވެގެންތިބީ ސެކިއުލާ ފިކުރުގެ މީހުންނެވެ. އެހެން އެކަން އޮތްއިރު، އެމީހުންގެ ފަލްސަފާގެ މައްޗަށް މަޖިލީހަށް ވައްދާ ބިލަކަށް، މިދެންނެވި، ދީނީ ފަލްސަފާގެ އެކަކު ނުވަތަ ދެމީހަކު، ދީނާގުޅޭގޮތަށް އެކަން ބަދަލުކުރަން އުޅުމުން އެކަމަށް މިދެންނެވި ސެކިއުލާ ފަލްސަފާގެ މީހުން އިޖާބަ ދޭނެތޯއެވެ؟ 

ޖަވާބަކީ، މަޖިލީސް ހިނގަމުން މިދަނީ އަލަކަށް ނޫނެވެ. މާޒީގައި އެކަން ވެފައި އޮތީ އެހެނެއް ނޫނެވެ. އެގޮތަށް އެބައިމީހުން ހުށަހަޅާފައިވާ އެފަދަ އެއްވެސް ބިލަކަށް ތަންފުކެއްވެސް ދޫދީފައެއްނުވެއެވެ. އޭގެ އެއްމެ ބޮޑު ހެއްކަކަށް ޤާނޫނުލް ޢުޤޫބާތުގެ ބިލު ފުދޭނެއެވެ. ފިޤުހު އެކަޑަމީ އިންނާއި، ދީނީ ޖަމްޢިއްޔާތަކުންވެސް އެއަށް އިޞްލާޙު ހުށަހެޅިއެވެ. އަދި  މިދެންނެވި، ދީނީ ފަލްސަފާގެ މަޖިލީސް މެމްބަރުންވެސް އެކަމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އެކަންކަން ބަލައިގަނެ، އެކަންކަން އިޞްލާޙު ކޮށްދޭކަށް ބޭނުމެއް ނުވިއެވެ. މިއީ މާޒީއެވެ. 

ޤައުމާއި ދީނުގެ ޙައްޤުގައި ވިސްނާ ދަރިން، މިކަންކަމާ މެދު ވިސްނެވުމަށް ވަޞިއްޔަތް ކުރަމެވެ.

--ޝައިޚް ޝަފީޢު ޢަބްދުﷲ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް