އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޞާލިޙަށް!: ޖިންނި މޮޔަވެފަ ތިބި ބައެއްފަދައިން ދިވެހި ރައްޔިތުން ކައްވަޅުން ތެދުކުރަން ޖައްސުވަން ހެޔޮނުވާނެ ނޫތޯ؟

ރައީސް ޞާލިޙަށް!: ޖިންނި މޮޔަވެފަ ތިބި ބައެއްފަދައިން ދިވެހި ރައްޔިތުން ކައްވަޅުން ތެދުކުރަން ޖައްސުވަން ހެޔޮނުވާނެ ނޫތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއެވެ. ކޮވިޑުގެ ދަތި އުނދަގޫ ޙާލަތުގައި ރައްޔިތުންނަށް އެހީތެރިވެދެއްވަން މަނިކުފާނު ތިއަ ބަހައްޓަވާ ޝައުޤުވެރިކަން ކިތަންމެހައިވެސް ބޮޑެވެ. ހަމައެކަނި މައްސަލައަކީ ހަމަ އެލޯނު ބީއެމްއެލް އިސްލާމިކްގެތެރެއިން ރިބާ ނުހިމެނޭ ގޮތަށް ދެއްވެން އޮވެމެ ރިބާ ހިމެނޭ ބޭންކް އޮފް މޯލްޑިވްސް އިން ދެއްވައިގެން ރައްޔިތުންގެ ބަނޑަށް ރިބާ ފޮނުއްވަން އަނެއްކާވެސް ނިންމެވިކަމެވެ. 

ވީމާ ހަމަ މިކަމުގައި މިދިއަ އަހަރުވެސް މަނިކުފާނަށް އާދޭސް ދެންނެވި މޭރުމުން މިއަހަރުވެސް ދަންވައިލަމެވެ! އަޑުއެއްސެވުމާއި ނުއެއްސެވުމަކީ ހަމަ މަނިކުފާނުގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. 

ރިބާކާ މީހުން ކައްވަޅުން ތެދުވާނެ ޙާލު!:

"ربا ކާމީހުން، ޖިންނި މޮޔަވެގެން، شيطانއާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ربا ކަހަލަ ކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، الله ހުއްދަ ކުރައްވާފައެވެ. އަދި  ربا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރި ރަސްކަލާނގެ  حضرة  ން ދެއްވާ وعظ އާއި نصيحة އެމީހަކާއި ހަމައަށް އައުމުން އެކަން (އެބަހީ: ربا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: ربا ގެ حكمތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، الله އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެނަރަކައިގައި އަބަދަށް ދެމިތިބޭހުއްޓެވެ. (سورة البقرة 275)

الله، ربا އުނިކުރައްވައި، އޭގެ بركات ނެތި ކުރައްވައެވެ. އަދި صدقات އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި ކަމާއި كافر ކަން ބޮޑު އެއްވެސްމީހަކުދެކެ، الله ލޯބިވެ ވޮޑިގެނެއް ނުވެއެވެ. (سورة البقرة 276)

ޢިއްޒަތްތެރި ރައީސްއެވެ. ޖެހިފައި ތިބިޮ ދަތިޙާލުން މިވަގުތު ރައްޔިތުންނަށް ދިއްކޮށްލެއްވި ކޮންމެ އެއްޗެއްގައި ހިފާނެއެވެ. ނަމަމަވެސް ޤުރުއާނުގައި އޮތް ވޙީ ބަސްފުޅު އެނގިވަޑައިގެން ހުންނަވައި މަނިކުފާނު ރައްޔިތުންނަށް ލޭގެ ކޯރުގައި ހިލަކާން އޮންނަން ޖައްސުވަން ވާނެތޯއެވެ؟ 

އަންނަނިވި ދެ ޙަދީޘް ބައްލަވާށެވެ! 

ނަބިއްޔާ ﷺ އަށް ފެނިވަޑައިގެންނެވި ވަރަށް ދިގު ހުވަފެންފުޅަކާއި ބެހޭގޮތުން ސަމުރަތު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރ

ރަސޫލް ﷺ ޙަދީޘްކުރެއްވިއެވެ.

"އަހަރެމެން ދަތުރުކުރަން ފަށައިގެން ކޯރެއްގެ ކައިރިއަށް އައީމެވެ. އެ ކޯރުގެ ފެންގަނޑުގެ ރަތްކަން (ގަދަކަމުން) ލޭ ފަދައެވެ. އެ ކޯރުގައި ފަތަފަތާ އޮތް މީހަކު އޮތެވެ. އަދި ކޯރުގެ އައްސޭރީގައި ބައިވަރު ހިލަތަކެއް އެއްކޮށްގެން މީހަކު ހުއްޓެވެ. ފަތާ މީހާ ފަތަފަތާ އޮއްވާ ހިލަތައް އެއްކޮށްގެން ހުރި މީހާ އެ ހިލަތައް ހިފައިގެން އައިސް ފަތާމީހާއާ ކުރިމަތިލައިފިއެވެ. ފަތާމީހާ އޭނާގެ އަނގަހުޅުވުމާއެކު އައްސޭރީގައި ހުރި މީހާ ފަތާމީހާގެ އަނގަތެރެއަށް ހިލަގަނޑެއް ލައިފިއެވެ. ދެން ފަތާމީހާ އަނެއްކާވެސް ފަތަން ފަށައިފިއެވެ. ފަތާމީހާ ކޯރުގެ އައްސޭރިކައިރިއަށް އަންނަ ކޮންމެ ފަހަރަކު އޭނާގެ އަނގަހުޅުވުމާއެކު، އައްސޭރީގައި ހުރި މީހާ އެހެން ހިލަގަނޑެއް އޭނާގެ އަނގަތެރެއަށް ލައެވެ. އަދި ކޯރުގައި ފަތަމުން ހިލަތައް ދިރުވަމުންދިޔަ މީހާއާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެއީ ރިބާކާ މީހާއެވެ."

- ޞަޙީޙުލް ބުޚާރީ: 6525 

އެހެން ރިވާޔަތެއްގައި ވެއެވެ.

"އޭނާ (ފަތަފަތާ ވަރުބަލިވެގެން) ކޯރުގެ އައްސޭރިއަށް އަރަން އައްސޭރިއާ ކައިރިވާ ކޮންމެ ފަހަރަކު އޭނާގެ އަނގައިގެ ތެރެއަށް ހިލަގަނޑެއް އެއްލާލެވޭނެއެވެ. އަދި ކުރިން ފަތަފަތާއޮތް ތަނަށް އެނބުރިދާނެއެވެ. ތާ އަބަދަށް އޭނާއަށް އޮތީ މިގޮތެވެ"

ދެން އެކަލޭގެފާނު ކައިރީގައި ހުންނެވި މަލާއިކަތާއާއި އެމީހާއާއި ބެހޭގޮތުން އެކަލޭގެފާނު ސުވާލު ކުރެއްވުމުން މަލާއިކަތާ ވިދާޅުވިއެވެ. ”ކޯރުގައި ވަނިކޮށް ކަލޭގެފާނު ދެކެވަޑައިގެންނެވި މީހަކީ ރިބާ ކާ މީހާއެވެ." 

- ރަވާހު އަޙްމަދު: 19652

(الشيخ محمد شافع)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް