އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަފުރަތުގެ ބިލު އަނބުރާ ނެންގެވުމަށް 101 ޢިލްމުވެރިންގެ ފަރާތުން އިލްތިމާސްކޮށް ރައީސް ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅައިފި

ނަފުރަތުގެ ބިލު އަނބުރާ ނެންގެވުމަށް 101 ޢިލްމުވެރިންގެ ފަރާތުން އިލްތިމާސްކޮށް ރައީސް ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 51 ސިކުންތު

ނަފުރަތުގެ ބިލު އަނބުރާ ނެންގެވުމަށް 101 ޢިލްމުވެރިންގެ ފަރާތުން އިލްތިމާސްކޮށް ރައީސް ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.   

"ސެކިއުލަރ ޙަރަކާތްތައް މި ޤައުމުގައި ވަރުގަދަ ކުރުމަށް މިވީހާތަނަށް ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ގުޅިގެން އެކި ޖަމާޢަތްތަކުން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް، އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ޙަޤީޤަތްކަން ދިވެހި މުޖުތަމަޢުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބައޮތެވެ. އެފަދަ ޙާލަތުގައިވެސް ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ޢިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ ޢާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، ދީނުގެ ދިފާޢުގައި ތެދުވާ މީހުންނަށް ދަޢުވާ އުފުލޭނެ ގޮތަށް އޮތުމަކީ ލޮބުވެތި މިވަޠަނުގެ ދީނާއި ޤައުމިއްޔަތާ ޚިލާފު ކަމެކެވެ.

އަދި މިބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން މަނިކުފާނުގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވުނު ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެކަމުގެ ޔަގީންކަން ޚުދު މަނިކުފާނަށް ވެސް ދެއްވެން ނޯންނާނެތީ، އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އިލްތިމާސްކުރަމެވެ.

ވީމާ، މި ދިވެހި އިސްލާމީ އުންމަތުގެ ވަލިއްޔުލްއަމްރުގެ ގޮތުގައި މިހާރު ހުންނެވި ފަރާތުގެ ހައިސިއްޔަތުން، މިހާރު ހިނގާ މިފަދަ އެންމެހައި ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވެ ވަޑައިގަންނަވާނެ ފަރާތަކީ މަނިކުފާނާއި މަނިކުފާނުގެ ރައްޔިތުން ކަމަށްވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސް ކުރަމެވެ. އެހެނީ، މިބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިޞްލާޙުތަކެއް ގެނެސްގެން ވިޔަސް އިސްލާމީ މުޖުތަމަޢުއަކަށް އެއްވެސް ޙާލެއްގައި އަދި އެއްވެސް މިންވަރަކަށް ކުޑަނަމަވެސް މަޞްލަޙަތެއް އެކުލެވިގެންވާ ކަންކަން ކަމުގައި ނުވާތީއާއި، އޭގެ ސަބަބުން ލިބިގެން ދާނެ ގެއްލުންތަކަކީ ފޫ ނުބެއްދޭ ވަރުގެ ކަންކަން ކަމުގައި ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިން ހެން އިއްތިފާޤުވެ ވަޑައިގަންނަވެއެވެ. "

- ޕެޓިޝަނުން 

ޕެޓިޝަން:

بسم الله الرحمن الرحييم

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙަށް،

السّلام عليكم ورحمة الله وبركاته.

ނަފުރަތުގެ ބިލު އަނބުރާ ނެންގެވުމަށް 101 ޢިލްމުވެރިންގެ ފަރާތުން އިލްތިމާސްކޮށް ހުށަހަޅާ ޕެޓިޝަން

އުންމަތް ހަމަ މަގަށް އެޅުވުމާއި ހެޔޮކަންކަން މުޖުތަމަޢުގައި ޢާންމުކޮށް ނުބައި ކަންކަން މުޖުތަމަޢުން ނައްތާލުމަކީ އިސްލާމީ ޤައުމެއްގައި އެބައެއްގެ އިސްވެރިޔާގެ ގޮތުގައި ހުންނަވާ ފަރާތުގެ މައްޗަށް އޮންނަ އެންމެ ބޮޑު އެއް ޒިންމާއެވެ. ހަމަ އެފަދައިން، ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމުގެ އެކި ދަރަޖަތަކާއި މަރުޙަލާތައް ކަނޑައަޅުއްވައި އިސްލާމީ އުންމަތުގެ އެންމެހާ އަފުރާދުންގެ މައްޗަށް ލާޒިމުވާނެ ފަދައިން ޝަރުޢު ކުރައްވައި އެއީ އިސްލާމް ދީނުގެ އެއް އަސާސް ކަމުގައި ލައްވާފައިވަނީ ވެސް ނުބައިކަންކަން މުޖުތަޢުން ނައްތާލުމަށް މަސައްކަތް ކުރުމަށެވެ.

ކީރިތި މާތް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ‏:‏‏ "مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ". [رَوَاهُ مُسْلِمٌ].‏

މާނައީ: "ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ފަހެ އޭނާގެ އަތުން އެކަން މަނާ ކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާ، ފަހެ އޭނާގެ ދުލުން އެކަން މަނާ ކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާ، ފަހެ އޭނާގެ ހިތުން އެކަން މަނާ ކުރާހުށިކަމެވެ. އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ‏".‏ (ރިވާކުރެއްވީ މުސްލިމް).

ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން، މުޖުތަމަޢުގައި އިސްލާމް ދީނާ ދެކޮޅަށް ހިނގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި، އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި ޢާންމުން ހޭލުންތެރި ކުރުމަށް ދީނީ ޢިލްމުވެރިންނާއި އެނޫން ޢާއްމު ރައްޔިތުންނަށް އެކީއެކަށް ހުރަސް އެޅި ބަންދުވެގެން ދާނެކަން ފާހަގަ ކުރަމެވެ.

ސެކިއުލަރ ޙަރަކާތްތައް މި ޤައުމުގައި ވަރުގަދަ ކުރުމަށް މިވީހާތަނަށް ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ގުޅިގެން އެކި ޖަމާޢަތްތަކުން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް، އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ޙަޤީޤަތްކަން ދިވެހި މުޖުތަމަޢުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބައޮތެވެ. އެފަދަ ޙާލަތުގައިވެސް ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ޢިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ ޢާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، ދީނުގެ ދިފާޢުގައި ތެދުވާ މީހުންނަށް ދަޢުވާ އުފުލޭނެ ގޮތަށް އޮތުމަކީ ލޮބުވެތި މިވަޠަނުގެ ދީނާއި ޤައުމިއްޔަތާ ޚިލާފު ކަމެކެވެ.

އަދި މިބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން މަނިކުފާނުގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވުނު ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެކަމުގެ ޔަގީންކަން ޚުދު މަނިކުފާނަށް ވެސް ދެއްވެން ނޯންނާނެތީ، އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އިލްތިމާސްކުރަމެވެ.

ވީމާ، މި ދިވެހި އިސްލާމީ އުންމަތުގެ ވަލިއްޔުލްއަމްރުގެ ގޮތުގައި މިހާރު ހުންނެވި ފަރާތުގެ ހައިސިއްޔަތުން، މިހާރު ހިނގާ މިފަދަ އެންމެހައި ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވެ ވަޑައިގަންނަވާނެ ފަރާތަކީ މަނިކުފާނާއި މަނިކުފާނުގެ ރައްޔިތުން ކަމަށްވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސް ކުރަމެވެ. އެހެނީ، މިބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިޞްލާޙުތަކެއް ގެނެސްގެން ވިޔަސް އިސްލާމީ މުޖުތަމަޢުއަކަށް އެއްވެސް ޙާލެއްގައި އަދި އެއްވެސް މިންވަރަކަށް ކުޑަނަމަވެސް މަޞްލަޙަތެއް އެކުލެވިގެންވާ ކަންކަން ކަމުގައި ނުވާތީއާއި، އޭގެ ސަބަބުން ލިބިގެން ދާނެ ގެއްލުންތަކަކީ ފޫ ނުބެއްދޭ ވަރުގެ ކަންކަން ކަމުގައި ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިން ހެން އިއްތިފާޤުވެ ވަޑައިގަންނަވެއެވެ. 

އަޅުގަނޑުމެންގެ ދުޢާއަކީ މަނިކުފާނަށާއި އަޅުގަނޑުމެންނަށް އަދި މުޅި ދިވެހި އިސްލާމީ އުންމަތަށް ދެދުނިޔޭގެ ކާމިޔާބުގެ މަގަށް މަގުދައްކަވައި، އެމަގުގައި އަޅުގަނޑުމެންގެ ފައިތިލަތައް ސާބިތު ކޮށްދެއްވުމެވެ. އަދި ދިވެހި އިސްލާމީ އުންމަތަށް ކުރިމަތިވެގެން އަންނަ ނުކިއްސަރު ކޮންމެ ފިކުރަކާއި ނޭދެވޭ ކޮންމެ ޚަޠަރެއް، އޭގެ މުލުން ލުހިގެން ނެތިގެން ދާނެ ގޮތް މިންވަރު ކުރައްވައި، ކޮންމެ ކަމެއްގެ ހެޔޮ ގޮތް ދައްކަވައި، ހެޔޮ ކޮންމެ ކަމަކަށް ދިވެހި ޤައުމުގެ އިސްވެރިންނަށާއި، އަޅުގަނޑުމެންނަށާއި، ދިވެހި ރައްޔިތުންނަށް ތައުފީޤު މިންވަރު ކުރެއްވުމެވެ.

07 ޛުލްޤަޢިދާ 1442 / 17 ޖޫން 2021

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ